ސިވެރެކް، ތުރުކީ – އޭޕްރީލް 14، 2026 ގައި ތުރުކީގެ އިރުދެކުނުގައިވާ ޝަންލިއުރްފާ ޕްރޮވިންސްގެ ހައިސްކޫލެއްގައި ކުރީގެ ދަރިވަރަކު ބަޑިން ޙަމަލާދީ 16 މީހަކު ޒަޚަމްކޮށްލާފައިވާއިރު، މި ޙާދިސާގައި، ޙަމަލާދިން ކުއްޖާ ވަނީ ފުލުހުން އޭނާ ވަށާލުމުން އަމިއްލައަށް މަރުވެފައެވެ.
މި ޙަމަލާގައި 10 ދަރިވަރުންނާއި، 4 ޓީޗަރުންނާއި، ފުލުހެއްގެ އިތުރުން ކެންޓީނުގައި މަސައްކަތްކުރާ މީހަކު ވަނީ ޒަޚަމްވެފައެވެ. ޙަމަލާދިން ކުއްޖާ ވަނީ ފުލުހުން އޭނާ ހިފެހެއްޓުމުގެ ކުރިން އަމިއްލައަށް މަރުވެފައެވެ.
ބީބީސީ އާއި ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަމަލާ ދިނުމުގެ ކުރިން އެ ކުއްޖާ ވަނީ ސްކޫލުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ”ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި“ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. މިފަދަ ފާޅުކަންބޮޑު އިންޒާރެއް ދީފައިވަނިކޮށް އެކަން ނުހުއްޓުވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
School Horror Caught on Camera: Shooting Erupts Inside Turkish High School Leaving 16 Injured
Footage from Siverek, Turkey captures the moment a shooting unfolded at a high school, injuring 16 people including students, teachers, a police officer, and a cafeteria worker… pic.twitter.com/biiwSGGOG0
— Washington Eye (@washington_EY) April 14, 2026
މި ޙާދިސާ ހިނގާފައިވަނީ ސިވެރެކް ޑިސްޓްރިކްޓްގެ އަޙްމަދު ކޮޔުންޖޫ ވޮކޭޝަނަލް އެންޑް ޓެކްނިކަލް އެނަޓޯލިއަން ހައިސްކޫލުގައެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި، ޝޮޓްގަންއަކާއެކު އުމުރުން 18 އަހަރުގެ، އެ ސްކޫލުގައި ކުރީގެ ދަރުވަރަކު ސްކޫލު ގޯތިތެރެއަށާއި އިމާރާތުގެ އެތެރެއަށް ވަދެ، ފެނުނު ކޮންމެ މީހަކަށް އަމާޒުކޮށް ވަނީ ބަޑިޖަހާފައެވެ









