Sunday, 26 July 2026
Ads by

ގިރާވަރު ފަޅުން 98 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރު ފަޅުން 98 ހެކްޓަރުގެ ބިން ހިއްކައިފި

ހައުސިންގ މިނިސްޓަރު ޑރ. މުއްޓަލިބް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ގިރާވަރު ފަޅުން ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު މުއްޠަލިބް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު ގިރާވަރު ފަޅުން 54 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނުނިމި މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން މި ސަރުކާރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން މި މަޝްރޫއު ކުރިއަށްގެންދިޔަ ކަމަށެވެ.

ގިރާވަރު ފަޅު ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އެމްއޭސީއެލްއާއި ހަވާލުކޮށްގެން ޖުމުލަ 97 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން އެ ކުންފުނިން ހިއްކާފައިވަނީ 44 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދާއިއެކު ޖުމުލަ 98 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މުއްޠަލިބް ވަނީ، މި މަސައްކަތް ކުރިއަށް އޮތް މެއި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްއޭސީއެލްއިން އަންނަނީ މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ބިން ހިއްކުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލޭ ސަރަޙައްދަށް ބަލައިލާއިރު ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ރަސްމާލެ ހިމެނެއެވެެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި