Saturday, 24 October 2026
Ads by

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސިނާން އަލުން ވާދަކުރައްވަނީ

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސިނާން އަލުން ވާދަކުރައްވަނީ

އައްޑު ސިޓީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސިނާން---

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އަލުން ވާދަކުރައްވާނެކަމަށް އެ މަޤާމުގައި ކުރިން ހުންނެވި މެންބަރު މުޙައްމަދު ސިނާން އިޢުލާން ކުރައްވައިފިއެވެ.

Ad Image
Ads by

އެކްސްގައި މިކަން އިޢުލާންކުރައްވަމުން ސިނާން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި، ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ސިނާން ވިދާޅުވިއެވެ.

ސިނާންގެ ގޮނޑި ގެއްލުމަށް މެދުވެރިވީ އޭނާއާއި، އިތުރު އެހެން މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގި 2.5 މިލިއަން ރުފިޔާގެ ލޯނު ދައްކަން 2024 ވަނަ އަހަރު ކޮށްފައިވާ ޙުކުމަކާ އެއްގޮތަށް ފައިސާ ނުދެއްކިކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، ލޯނުގެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކައި ނިންމުމަށް ދަށު ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. ޙުކުމް ކުރިކަން އެނގިފައިނުވާތީ ފައިސާ ނުދެއްކުނީ ކަމަށް ސިނާންގެ ފަރާތުން ވިދާޅުވެފައިވީނަމަވެސް، އެކަން އޭނާއަށް ދުރާލައި އަންގާފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން ސާބިތުވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ޙުކުމުގެ ފައިސާ ދެއްކުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ސިނާންގެ ފަރާތުން ހުރިހާ ފައިސާއެއް އެއްފަހަރާ ދެއްކެވީ ތިންވަނަ މަހުގެ ތެރޭގައި ކަމަށްވާތީ، ޙުކުމުގެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަވާފައިވާކަމަށް އޭނާގެ ފަރާތުން ވަނީ ވަކާލާތުކުރައްވައިފައެވެ. ނަމަވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރު ދައްކަމުން ގޮސް ޚަލާޞްކުރުމަށް ޙުކުމުގައި ބަޔާންކޮށްފައިވާތީ، ފައިސާ ދައްކަންޖެހޭނީ އެ އުޞޫލުގެ މަތިން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި