Wednesday, 9 September 2026
Ads by

އައު ވަޒީރުން ހިމެނޭހެން ވަޒީރުންގެ މަޖްލީހަށް ބޮޑު ބަދަލެއް !

އައު ވަޒީރުން ހިމެނޭހެން ވަޒީރުންގެ މަޖްލީހަށް ބޮޑު ބަދަލެއް !

ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖްލީހަށް ބޮޑެތި ބަދަލުތަކާއެކު އަލުން ވަޒީރުން އައްޔަނުކުރައްވައިފިއެވެ.

Ad Image
Ads by

އެގޮތުން މިހާތަނަށް 12 ވަޒީރަކަށް ވަނީ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް މިސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިރޭ ރައީސް އައްޔަން ކުރެއްވި ވަޒީރުންނަކީ:

1- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރ ޕްރައިސަސް މަޤާމަށް- މޫސާ ޒަމީރު

2- މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ސެކިޔުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ- ޢަލީ އިޙުސާން
3- މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މަޤާމަށް- އިރުތިޝާމް އާދަމް
4- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަންސް އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމަށް- ޑރ އިސްމާއިލް ޝަފީއު
5- މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ މަޤާމަށް-  ޤީލާ ޢަލީ
6- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މަޤާމަށް- މުޙައްމަދު ސަޢީދު
7- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑޯމަންޓްސް- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
8- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މަޤާމަށް- މުޙައްމަދު ޢަމީން
9- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް މަޤާމަށް- އަބްދުﷲ ރާފިއު

10- މިނިސްޓަރ އޮފް އާރޓސް ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް- ހީނާ ވަލީދު

11- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް- ޑރ. އަބްދުﷲ މުއްޠަލިބް

12- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަރމަންޓް މަޤާމަށް- ޢަލީ ޝަރީފް

އައު ވަޒީރުން މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޤާމަށް އައްޔަނުކުރެއްވި ބޭފުޅުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި ވަޒީރުކަމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ކުރިން މަޤާމުތަކުގައި ތިއްބެވި ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުކޮށް، އަލަށް ބައެއް ބޭފުޅުން ވަޒީރުކަމުގެ މަޤާމަށް އައްޔަނުކޮށްފައިވެއެވެ.

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، މިއަދު ވަނީ 10 ވަޒީރަކު އިސްތިއުފާ ދެއްވާފައެވެ. އެގޮތުން ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިރޭ އަލުން ކެބިނެޓް އެކުލަވާލިއިރު، ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީ ވަނީ އެއް ވުޒާރާއަކަށް ބަދަލު ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް ވަނީ ބަދަލުކުރައްވާފައެވެ.

ތަފްސީލް އަންނަނީ…

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި