Saturday, 24 October 2026
Ads by

ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދޭނީ

ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދޭނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ހަރަދުގަ އާއި ޗައިނާގެ ހިލޭ އެހީ އާއި ލޯން އެހީގައި ޗައިނާގެ ސީސީސީސީ ކުންފުނިން އެޅި ސިނަމާލެ ބްރިޖުގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ އިން ހިލޭ ކޮށްދޭން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫޢު ނިންމައި ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު ކޮންޓްރެކްޓްގައި އޮތީ 2 އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކުރުމަށްކަމަށެވެ. އެ އެގްރިމަންޓް ހަމަވެފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. ވަޒީރު ވިދާޅުވީ، އެ މުއްދަތު ހަމަވުމަށްފަހު ކުނިކަހައި ސާފުކުރުން ފިޔަވައި އެތަނުގައި މެއިންޓަނަންސްގެ މާބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ.

ޗައިނާ ސަރުކާރުން އިތުރު 3 އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް އެއިރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބްރިޖް މަޝްރޫއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ ”ޗެލެންޖިން“ މަޝްރޫޢުކަމަށް ރައީސް ޑރ. މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި