Sunday, 26 July 2026
Ads by

އިޒްރޭލުން “ސިސްޓަމެޓިކް” ގޮތެއްގައި ޣައްޒާ ބަނޑަށް ޖައްސަނީ!

އިޒްރޭލުން “ސިސްޓަމެޓިކް” ގޮތެއްގައި ޣައްޒާ ބަނޑަށް ޖައްސަނީ!

ހާލުގައިޖެހިފައިވާ ފަލަޞްޠީނުގެ މުސްލިމުންތަކެއް ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ކާބޯތަކެތި ހޯދުމަށް މަޑުކޮށްގެން. (ފޮޓޯ: އޭއެފްޕީ)

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ފެށިގެންދިޔަ ޣައްޒާ ހަނގުރާމަ މަޑުނުޖެހި ކުރިއަށް ދިއުމުގެ ސަބަބުން އޭގެ އަސަރުތައް ފެންނަތާ އެތައް މަހެއް ވެއްޖެއެވެ. އިޒްރޭލުން ޣައްޒާގެ އާއްމުން އެއްވާ ތަންތަނާއި މާރުކޭޓުތަކަށް އަނިޔާވެރި ގޮތަކަށް ބޮންއެޅުމެވެ. ހޮސްޕިޓަލުތަކާއި ކޮލެޖުތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައި، ފެނާއި ކަރަންޓާއި އެހެނިހެން ތަކެއްޗަށް އުނދަގޫވާ ފަދަ އިންސާނީ ކާރިސާއެކެވެ.

Ad Image
Ads by

ޣައްޒާއަށް ވަންނަ ކާބޯތަކެއްޗާއި އެހީތެރިކަމަށް އިޒްރޭލުން ހުރަސްއަޅަމުން ގެންދިއުމުގެ ސަބަބުން ރޮއްޓާއި، ކާން ބޭނުންވާ ޒަރޫރީ ތަކެތި ނުލިބި ޣައްޒާގެ މުސްލިމުން ވަނީ ބަނޑަށްޖެހިފައެވެ. ފަލަޞްޠީނުގެ ނޫސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި، ރޮށި ބޮނޑި ފަދަ ޢާއްމުކޮށް ކެޔުމަށް ބޭނުންވާ ތަކެތި ހޯދުމަށްވެސް ވަނީ ޣައްޒާގައި ހިންގާ މަދު ބޭކަރީ ތަކުގެ ކައިރީގައި އެތައް ގަޑިއިރަކު މަޑުކުރަން ޖެހިފައެވެ.

ހިލޭ އެހީދޭ ޖަމްޢިއްޔާތަކުން ބަހާ ޕާރުސަލުތައް މަދުވެ ގިނަބަޔަކަށް ނުލިބޭއިރު، ޣައްޒާގެ ރައްޔިތުން ބުނާ ގޮތުގައި ތަރުކާރީގެ އަގު އަރައިގެން ގޮސް، ކުކުޅާއި، މަހާއި، ބިސް ފަދަ ތަކެތި ވަނީ މުޅިންހެން މާރުކޭޓުން ހުސްވެފައެވެ.

މީގެ ހަ މަސް ކުރިން އިޒްރޭލުން އެއްބަސްވެފައިވާ ހަނގުރާމަ މަޑުޖައްސާލުމުގެ އެއްބަސްވުމެއްގައި ޣައްޒާ ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމަށް ހުރަސް ނޭޅުމަށް އެއްބަސްވި ނަމަވެސް، އަލުން އިޒްރޭލުން ވަނީ ހުރަސްއެޅުމަށް ފަށާފައެވެ. މީގެ ސަބަބުން އަލިފްދާލުގެ ‘ވޯލްޑު ހެލްތު ޕްރޮގްރާމް’ ފަދަ ހިލޭއެހީދޭ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ވެސް ވަނީ މަޑުޖެހި، ހުއްޓުމަކަށް އައިސްފައެވެ.

އާދިއްތަ ދުވަހު ޣައްޒާ ސަރުކާރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން ދަނީ “އިންޖިނިއާޑް (އަމިއްލައަށް އުފައްދާފައިވާ) ސްޓާވޭޝަން” ފުޅާކުރަމުންނެވެ. އެބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިޒްރޭލުން އަޅަމުން ގެންދާ އުނދަގޫކުރުމުގެ ފިޔަވަޅުތަކަކީ ގަސްތުގައި އަޅަމުންދާ “ސިސްޓަމެޓިކް” ފިޔަވަޅުތަކެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި