ދާރފޫރް، ސޫދާން – ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި، އާންމު ރައްޔިތުންގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ދެމުންދާ ހަމަލާތައް އިންތިހާއަށް އިތުރުވެއްޖެއެވެ. ސޫދާނީސް އާމްޑް ފޯސަސް (އެސް.އޭ.އެފް) އިން ވަނީ ދާރފޫރް ސަރަޙައްދުގައި ޑްރޯން ބޭނުންކޮށްގެން ދޭ ޙަމަލާތައް ވަރުގަދަކޮށް، އާންމުން އެއްވެ އުޅޭ ތެޔޮ މާރުކޭޓުތަކަށާއި ތެޔޮ ބޯޓުތަކަށް ބޮން އަޅަން ފަށާފައެވެ. މިކަމުގެ އަސްކަރީ ބޭނުމަކީ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) ގެ ސަޕްލައި ކަނޑާލުންކަމަށް ވިޔަސް، ޙަޤީގަތަކީ މިއީ އާންމު ރައްޔިތުން ކަތިލަމުންދާ ޤަތުލުއާންމަކަށްވުމެވެ.
ޙަޤީގަތް: ތޮއްޖެހިފައިވާ މާރުކޭޓުތަކަށް ބޮންއެޅުން
އެސްއޭއެފްގެ ޑްރޯންތަކުން އާދީއްތަ އަދި ހޯމަ ދުވަހު އިރުމަތި، ހުޅަނގު އަދި އުތުރު ދާރްފޫރަށް ސިލްސިލާ ވައިގެ ޙަމަލާތަކެއް ދިނުމުގެ ތެރޭގައި މަދުވެގެން 20 އާންމުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޗާޑް އަދި ލީބިޔާއިން އެތެރެކުރާ ތެޔޮ ވިއްކަނީ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ވިއްކާ، އާންމުން ތޮއްޖެހިފައިވާ މާރުކޭޓުތަކުގައެވެ. މިކަން އެނގިތިބެ، އެސް.އޭ.އެފްގެ ޑްރޯންތަކުން ދަނީ އާންމުން ގިނަ މާރުކޭޓުތަކުގެ ތެރެއަށް ބާރުގަދަ ބޮންތައް ވައްޓަމުންނެވެ. މި ޙަމަލާގައި
– ދިރިހުއްޓާ އަންދާލުން: މާރުކޭޓުގައި ޕާކުކޮށްފައި އޮންނަ ތެޔޮ ޓޭންކަރަކަށް ބޮން އެޅުމާއެކު އުފެދޭ ބޮޑެތި އަލިފާންގަނޑުތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ދަނީ ދިރިހުއްޓާ އަނދަމުންނެވެ. އަދި ތެޔޮ ނައްތާލުމުން އާންމު ދަތުރުފަތުރު ހުއްޓި، ބަނޑުހައިހޫނުކަމުގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުންވެސް ވަނީ މުޅިން ހުއްޓިފައެވެ.
އެނަލިޓިކަލް ނަޒަރު: ބޮޑެތި ބާރުތަކުގެ މުނާފިގުކަމާއި ’ޓެރަރިޒަމް‘ ގެ ލޭބަލް
ޖިއޯޕޮލިޓިކަލް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ހަނގުރާމައިގައި ފެންނަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ދެފުށްދެގޮތް ކަމެވެ. ހަމަލާތައް ކުށްވެރިކުރާ ކަމަށް ބުނި ނަމަވެސް، ބޭރުގެ ބޮޑެތި ބާރުތަކުން ދަނީ އެސް.އޭ.އެފް އަދި އާރް.އެސް.އެފް އަށްވެސް ހަތިޔާރު ފޯރުކޮށްދެމުންނެވެ.
– ޓެރަރިޒަމްގެ ދެފުށްދެގޮތް މިންގަނޑު: އާންމުންގެ މާރުކޭޓުތައް އަންދާލައި ރައްޔިތުން ކަތިލުމަކީ ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލެކެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން މިކަމަށް އެ ލޭބަލް ނުދެއެވެ. ސަބަބަކީ ”ޓެރަރިޒަމް“ އަކީ ހަމައެކަނި ބޭރުގެ ބާރުތަކުގެ މަސްލަޙަތަށް ބޯނުލަނބާ، މިނިވަން އިސްލާމީ ޖަމާޢާތްތަކަށް އެކަނި ދޭން ޚާއްސަކޮށްފައިވާ ލޭބަލަކަށް ވުމެވެ. ސޫދާނުގެ ރަނާއި ރަތް ކަނޑުގެ ބާރު ހޯދައިދޭން މަސައްކަތްކުރާ ޖެނެރަލުން އެމީހުންގެ އަމިއްލަ ރައްޔިތުން މެރުމުން، އެއީ ހަމައެކަނި ”ދާޚިލީ މައްސަލައެއް“ ކަމުގައި ނިންމާލަނީއެވެ. މުޅި އިސްލާމީ އުންމަތް މިކަމުގައި ހިމޭނުން އޮތުމަކީވެސް މި އަނިޔާވެރިކަމުގައި ބައިވެރިވުން ފަދަ ކަމެކެވެ.












