ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
ޢަލީ އާރިފް މަޤާމުން އިސްތިޢުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. މަޤާމުން އިސްތިޢުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
އާރިފް އިސްތިޢުފާ ދެއްވާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީންއާއި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އިއްޔެގެ ވަގުތެއްގައި ވަނީ ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން، ފެނަކަ، އެގްރޯނެޓް، އެމްޕީއެލް، ފަދަ ކުންފުނިތަކުގެ ވެރިން ވެސް ވަނީ މަޤާމުން ދުރުކޮށްފައެވެ.












