މާލޭ ސިޓީގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ރަސްފަންނު ބީޗް ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތުގެ ތަފްޞީލް ހާމަކުރަމުން އެމްޓީސީސީން ބުނެފައިވަނީ، ރަސްފަންނު ބީޗް ސަރަހައްދުގެ ތޮށިގަނޑު މަރާމާތުކުރުމުގެ (ބްރޭކްވޯޓާ ރީ-ޕްރޮފައިލިން) މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރަސްފަންނު ބީޗަކީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ސަރަހައްދެއްކަން ފާހަގަކުރަމުން އެމްޓީސީސީން ބުނެފައިވަނީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްތައް ނިންމައި، ވީހައިވެސް އަވަހަކަށް އާންމުންނަށް އެ ސަރަޙައްދު އަލުން ހުޅުވައިލުން ކަމަށެވެ.
We have commenced the breakwater re-profiling works of Rasfannu today.
We recognize that Rasfannu holds significant importance for the residents of Malé City, particularly those living on the western side. Our priority is to complete the maintenance works at the earliest… pic.twitter.com/Zq1Rjd7m7N
— MTCC Plc (@MTCCPlc) April 12, 2026
ރަސްފަންނު ބީޗް ސަރަޙައްދު މަރާމާތުކޮށް އަލުން ހުޅުވާލުމުން އެ ސަރަޙައްދުވެގެންދާނީ ހިތް ފަސޭހަ އަދި ބޭނުންކުރަން ރައްކާތެރި ސަރަޙައްދަކަށްކަމަށް އެމްޓީސީސީން ދެކެއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވެސް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.












