Wednesday, 9 September 2026
Ads by

މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް މެއި މަހު ފަށަނީ

މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް މެއި މަހު ފަށަނީ

މާލޭގެ ވަށައިގެން އޮންނަ ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

ޖަޕާންގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ދިވެހި ސަރުކާރުން ޖަޕާން ސަރުކާރުގެ އެހީތެރިކަމަށް އެދުމުން، އެ ޤައުމުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މާލޭގެ ބޭރުތޮށި މަރާމާތުކުރުމަށް ސަރުކާރުން ނިންމާފައިމިވަނީ އެ ތޮއްޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާތީއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތަކަކީ:

  • ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާއި ހަމައަށް އޮންނަ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން
  • ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގެ ތޮށިގަނޑު 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން
  • ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި އޮންނަ ތޮށިގަނޑު މަރާމާތުކޮށް ރީ-ޕްރޮފައިލް ކުރުން
  • މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 700,000,000.00 ޖަޕަނީސް ޔެންއަށް، ޖުމުލަ 487 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިމުމާއެކު މާލެއަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި މިހާރު ތަރައްޤީކޮށްފައިވާ ބޭރު ތޮއްޓަކީ ރައީސް މައުމޫންގެ ސަރުކާރުގައި 1988 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީކޮށްފައިވާ ބޭރު ތޮއްޓެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު