Wednesday, 9 September 2026
Ads by

ރީކޯ މޫސަ އެމްޑީޕީއަށް: މިއީ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތޯ؟ ލީޑަރުން ހޭވި ހަޑިއަށް މާފަށް އެދޭނެތޯ؟

ރީކޯ މޫސަ އެމްޑީޕީއަށް: މިއީ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތޯ؟ ލީޑަރުން ހޭވި ހަޑިއަށް މާފަށް އެދޭނެތޯ؟

އެމްޑީޕީގެ އާއްމު މެމްބަރުންގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގައި، ޕާޓީގެ އިސް ލީޑަރުންގެ މެދުގައި އުފެދުނު ކޯޅުމުގެ ސަބަބުން މެމްބަރުންގެ ހިތުގައި ޖައްސައި، މުޅި މަންޒަރު ހަޑިކޮށްލާފައިވާ ކަމަށް ވިދާޅުވެ ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރީކޯ މޫސަ މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީގެ އިސް ލީޑަރުންގެ މެދުގައި ހިނގި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު މާޔޫސްވެފައިވާ ކަމަށެވެ. ލީޑަރުންނަށް އެއްބަސްވެވިއްޖެ ކަމަށް ބުނާއިރު، މިއީ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި އާއްމު މެމްބަރުންގެ ކުރިމަތީގައި ލީޑަރުން ހޭވި ހަޑިއަށް މާފަށް އެދޭނެތޯ ވެސް މޫސަ ވަނީ ސުވާލު ކުރައްވާފައެވެ.

މޫސަގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންތިޚާބަކާ ނުލައި ކޮންމެ ރިޔާސީ ކެނޑިޑޭޓަކަށް ޕާޓީ ހިންގުމުގެ ބާރު ދެނީތޯ އާއި، އެމްޑީޕީގައި ގޮތް ނިންމާ ބަޔަކީ ހަމައެކަނި ލީޑަރުން ކަމަށް ވެފައި، އާއްމު މެމްބަރުންނަކީ އެއްދުވަހު ކަރުނަ އަޅާފައި އަނެއްދުވަހު ލީޑަރުންގެ ކަރުގައި މާފަތި އަޅުވަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

”2028 ގެ ކުރިން ދެން ނަގާ ރާޅެއްގައި 4 ޕާޓީއަށް ބައި ނުވެއްޖިއްޔާ ސާބަސް،“ ޕާޓީގެ ކުރިމަގާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މީގެ އިތުރުން، ޚުދުމުޚުތާރު އާއިލީ ވެރިކަމުން އެމްޑީޕީ ސަލާމަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ މޫސަ ވިދާޅުވީ، ކުރިން ގައުމުގެ ވެރިކަން ކޮށްފައި ހުރި މީހަކު ދެވަނަ އިންތިޚާބެއްގައި ބަލިވެފައި ހުރިއްޔާ، ދެން އެމްޑީޕީގެ ޓިކެޓުގައި ވާދަނުކުރާނެ ކަމަށް އިއުލާނު ކުރުމުން ނޫނީ ލީޑަރުން އެއްބަސްވެއްޖެ ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.

މޫސަގެ މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ލީޑަޝިޕްގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި