Wednesday, 9 September 2026
Ads by

ކަނޑުމަގުން 6 ކިލޯގެ ޑްރަގު އެތެރެކުރި ދެ މީހުންގެ ބަންދަށް އިތުރު 16 ދުވަސް

ކަނޑުމަގުން 6 ކިލޯގެ ޑްރަގު އެތެރެކުރި ދެ މީހުންގެ ބަންދަށް އިތުރު 16 ދުވަސް

ކަނޑުމަގުން ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ޒުވާނުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، އެމީހުންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައިފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، އުމުރުން 25 އަހަރުގެ ޢިސްމާއީލް އަބާން ޢަބްދުﷲ އާއި ސ. މަރަދޫ، ރަތްމާގެ، އުމުރުން 19 އަހަރުގެ އަޙްމަދު ދާން ފަރްހޫދުއެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.

މިދިޔަ މާރިޗު މަހުގެ ފަސްވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ތިބި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފައެވެ.

ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި، މި ދެ ޒުވާނުންގެ ކުޑަކަމުދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ބުނާގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ނުހަނު ބޮޑު ކުށެކެވެ. އެގޮތުން 4 ގްރާމަށްވުރެ ގިނަ ޑައިމޯފިން ނުވަތަ 14 ގްރާމަށްވުރެ ގިނަ ކެނެބިސް އަތުގައި ހުރުމަކީ ޓްރެފިކް ކުރުން ކަމަށް ބެލެވެއެވެ. މިފަދަ ކުށްތަކުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު (25 އަހަރު)، 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި ބަރުދަނަކަށްވުރެ ގިނައިން މަސްތުވާތަކެތި މީހެއްގެ އަތުން ފެނިއްޖެނަމަ، އެ މީހަކީ އެ ތަކެތި ޓްރެފިކް ކުރާ މީހެއް ކަމަށް ޤާނޫނީ ގޮތުން ބެލެވޭނެއެވެ. މިފަދަ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ އެ މީހެއްގެ އަތުގައި އެ ތަކެތި ހުރިކަމާއި، އެއީ މަސްތުވާތަކެތިކަން އެނގިހުރެ އަތުގައި ބެހެއްޓިކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި