Sunday, 26 July 2026
Ads by

2028ގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ހުރިހާ ލީޑަރުން ތިބޭނީ އެކުގައި: އިބޫ

2028ގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ހުރިހާ ލީޑަރުން ތިބޭނީ އެކުގައި: އިބޫ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި މިވަގުތު ހިނގަމުންދާ ހައިޖާނުގެތެރެއިން އެޕާޓީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ ލީޑަރުން ތިބޭނީ އެކުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

Ad Image
Ads by

އިބޫ މިފަދައިން ވިދާޅުވީ އިބޫގެ އުފަން ރަށް ޅ. ހިންނަވަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެރަށުގެ އެމްޑީޕީ މެންބަރުންނާއި ވާހަކަ ދައްކަވަމުންނެވެ. އިބޫ ވިދާޅުވީ، އެމްޑީޕީގެ ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށާއި، އެކަމަށް މިހާރު ވެސް މަޝްވަރާ ކުރަމުންދާކަމަށެވެ.

”އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެންބަރު އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ،“ އިބޫ ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި އޮތް ހަމަނުޖެހުމަށް އިޝާރާތްކުރައްވަމުން އިބޫ ވިދާޅުވީ މައްސަލަތައް ހައްލުކޮށް އެކުގައި މަސައްކަތް ކުރުމަށް ކުރިއަށްދާ  މަޝްވަރާތަކުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި އެމްޑީޕީ ދާނީ ކުރިއަށް ކަމަށާއި، 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެޕާޓީގެ ލީޑާޝިޕް އޮންނާނީ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވަނީ އެޕާޓީން މަސައްކަތްކުރާނީ އެމްޑީޕީގެ އެއްވެސް ލީޑަރު ބާކީވެނުވާ ކަހަލަ ގޮތަކަށް ހިސާބު ކުރެވިގެން ކަމަށް ވިދާޅުވެފަ އެވެ.

”އަޅުގަނޑުމެން އެމްޑީޕީ އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ހަމަ އަޅުގަނޑުމެންގެ ލީޑާޝިޕް އިރާދަކުރެއްވިއްޔާ އެކީގައި އޮވެގެން. އެއްވެސް ލީޑަރު ބާކީވެނުވާ ކަހަލަ ގޮތަކަށް ހިސާބު ކުރެވިގެން،“ އިބޫ ވިދާޅުވި އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކަމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންތައްތަކަށްފަހު، އެމްޑީޕީގެ ހުރިހާ ލީޑަރުން، އަދި އެޕާޓީގައި އިސްކޮށް ތިބި މީހުން  މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަން ފަހަގަކުރައްވާ އިބޫ ވިދާޅުވީ އެބޭފުޅުންގެ އަމާޒަކީ ސުލްހައިގެ މަޝްވަރާތައް މާދަމާ ރޭގެ ނިޔަލަށް ނިންމާލުން ކަމަށެވެ. އަދި އެ މަސައްކަތުގެ އަމާޒަކީ އެމްޑީޕީ ތެރޭގައިއޮތް މައްސަލަތަކަށް ހައްލެއް ގެނެސް ޕާޓީގެ މެންބަރުން އެދޭ ގޮތަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒު ހިފުން ކަމުގައި އިބޫ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ތިން ހަތަރު ފެކްޝަން އުފެދިފައިވާއިރު، މި އެންމެންގެ ތެރޭގައި މިހާބޮޑަށް މައްސަލަ ހޫނުވީ ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކުޜީގެ ރައީސް ނަޝީދަށް ނުދިނުމުންނެވެ.

އޭގެ ފަހުން، އެމްޑީޕީގެވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ އެޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އިސް 2 ބޭފުޅަކު މަގާމުން ވަކިކޮށްފައެވެ. އެހިސާބުން ވަގުތީ ޗެއާޕާސަން ކަމުން ޣަފޫރު ަވކި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުން އިސްނަގައިގެން ވަނީ ފަށައިފަ އެވެ. އެހެންނަމަވެސް ޣަފޫރު ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ނެތްކަމަށާއި، އެކަން ނުކުރައްވާނެ ކަމަށެވެ.

އެމްޑީޕީ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމަށް ފަހު އަނެއްކާވެސް ގުޅުން ބަދަހިކުރަމުންދާތީ އެޕާޓީގެ މެންބަރުން ދަނީ ސޯޝަލްމީޑިއާގައި އެކަން ފާހަގަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި