Wednesday, 9 September 2026
Ads by

ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އާރްޑީސީން ވެސް އަޅަނީ

ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އާރްޑީސީން ވެސް އަޅަނީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

Ad Image
Ads by

މިކަން ހާމަކޮށް އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤތިޞާދަށް ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށް ޓަކައި ދުރު ރާސްތާއަށް ވިސްނައި، ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޚަރަދުކުޑަކުރުމުގެ ގޮތުން އެ ކުންފުނިން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ރާއްޖެިއން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މި ވަގުތަށް ހުއްޓާލުން
  • ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުން
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ބިޒްނަސް ކްލާހުން ދަތުރު ނުކުރުން
  • ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ކުޑަކުރުން
  • ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިންގ ދަތުރުތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
  • ފެރީގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
  • ކުންފުންޏާށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއަރތަކުގައި މެނުވީ ބައިވެރިނުވުން
  • އޮފީހުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، މިފަދަ ދަތުރެއް ކުރަން ޖެހިއްޖެނަމަ ވީހާވެސް ޚަރަދު ކުޑަގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
  • ފޯނާއި އިންޓާރނެޓާއި، ފެނާއި ކަރަންޓު އަދި މިނޫން ވެސް އޮޮފީސް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް ހަމަޖެއްސުން
  • އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީއާއި، އިކުއިޕްމަންޓާއި، އެހެނިހެން އާލާތްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ނިއްވާލުން
  • އޮފީހުގެ އެތެރޭގައި ކުރަންޖެހޭ މުޢާމަލާތްތަކުގައި، ވީހާވެސް މަދުން ކަރުދާސް ބޭނުންކުރާ ގޮތަށް ހަމަޖެއްސުން
  • އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުން

އާރްޑީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގައި ވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި