ރާއްޖެއަށް ޑްރަގު އެތެރެ ކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ދެމަފިރިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by MN Maldives
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެކެވެ.
މި މީހުންގެ ބަންދާމެދު އިތުރު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަަސް ޖަހާފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި ދެ މީހުން ގެނައި ފޮށިން މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ ހަ ޕެކެއްޓެއް ފެނިފައިވެއެވެ. އެތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ރެސިމޭޓަށް ވަނީ ޕޮޒިޓިވްވެފައެވެ. އެތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.