ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ސްރީލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދެނާއާ ބައްދަލުކުރައްވައިފިއެވެ.

Ads by Midnight Munch MV
ލަންކާގެ ބޮޑުވަޒީރާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވީ އެމަނިިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަޖިލީހުގެ ރައީސް ލަންކާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އަސްލަމްގެ މި ދަތުރުފުޅަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.