Wednesday, 9 September 2026
Ads by

އިންތިޚާބުގެ ނަތީޖާއިން ދައްކައިދިނީ ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު: ޝުޖާއު

އިންތިޚާބުގެ ނަތީޖާއިން ދައްކައިދިނީ ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު---

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ކުރާ އިތުބާރު ހާމަވެގެން ގޮސްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ އެމްއެމްޓީވީން ގެނެސްދިން ”ދިވެހީންގެ ނިންމުން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ 2028 ވަނަ އަހަރުގެ ރިިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް މުޢިއްޒަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމަވާނެކަމުގެ ޔަޤީންކަން އޮތުމުން، ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާ މިންވަރު އެ ނަތީޖާއިން ވެސް ހަމައެކަނި ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

”މި ނަތީޖާއިން ދައްކައިދިނީ ރައީސަށް ރައްޔިތުން ކުރާ އިތުބާރު. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ ރައީސް މުޢިއްޒުގެ އަރިހުން މިވެނިކަމެއް ނުކުރާށޭ ނުވަތަ މިވެނި ކަމެއް ކުރާށޭ ބުނެ ނިންމައިފިނަމަ އެެކަމެއް ކުރާނެ ކަން،“ – ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އިބުރަތް ލިބިގަނެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކުރި ގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީ ބޮޑުތަނުން ބަލިކުރެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި