Sunday, 26 July 2026
Ads by

އެމްޑީޕީގެ ކުރިމަގު އުޖާލާކުރުމަށް އާ ޒުވާން ޖީލަކަށް ފުރުޞަތު ދޭންޖެހޭ: މީކާއިލް

އެމްޑީޕީގެ ކުރިމަގު އުޖާލާކުރުމަށް އާ ޒުވާން ޖީލަކަށް ފުރުޞަތު ދޭންޖެހޭ: މީކާއިލް

މީކާއިލް އަޙްމަދު ނަސީމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ކުރިމަގު އުޖާލާކުރުމަށް، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާނެ އާ ޒުވާން ޖީލަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީކާއިލް މި މޭރުމުން ވިދާޅުވީ، އޭނާގެ އެކްސް އެކައުންޓުގައި ކުރު ވީޑިއޯ ކޮޅަކާއެކު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މީކާއިލް ވިދާޅުވީ، އެމްޑީޕީގެ ކުރިމަގު އުޖާލާކުރުމަކީ އެ ޕާޓީގެ މުސްތަޤުބަލަށް ޓަކައި ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމަށާއި އެހެންކަމުން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ސިޔާސީ މައިދާނުގައި ޕާޓީތަކުގެ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމުގެ މައްޗަށް ވެސް މީކާއިލް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ކުރިމަތިލާން އުޅޭކަން މީކާއިލް އިޢުލާންކޮށްފައިވާއިރު، އެ ޕާޓީ ތެރޭގައި ހަމަނުޖެހުންތައް އިތުރުވެ، ޕާޓީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާ އެ މަޤާމުން ވަކިކުރުމަށް 55 މެންބަރަކު ވަނީ ޕެޓަޝަނެއްގައި ސޮއިކޮށް ޕާޓީގެ ޤައުމީ މަޖިލީހަށް ވެސް މިހާރު ހުށަހަޅައިފައެވެ. ނަމަވެސް 100 މެންބަރުންގެ ސޮއި ހަމަކުރި ނަމަވެސް މަޤާމުން އިސްތިޢުފާ ނުދޭނެކަމަށް ޣަފޫރު ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އިސްވެ އޮވެއެވެ. ރައީސް ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ނަންނުޖެހުމަށް އެދި މި ނޫހަށް ވިދާޅުވީ، ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރުމަށް ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދެއްކެވުމުގެ ފުރުޞަތު ރައީސް ނަޝީދަށް ނުދިނުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަޙީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް އެއްވެސް ޙައްޤަކާ ނުލައި މަޤާމުން ވަކިކުރުމަކީ ވެސް ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރެވޭނެ ސަބަބެއްކަމަށް އޭނާ ވިދާޅުވިއެވެ. އިބުރޭއާއި މަޢުރޫފް މަޤާމުން ވަކިކުރި ސަބަބެއް އެމްޑީޕީން ހާމަކޮށްދީފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި