Wednesday, 9 September 2026
Ads by

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޗެއަރ ޕާސަންކަމުން ޣަފޫރު ވަކިކުރަން ސޮއި ހަމަކޮށްފި

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޗެއަރ ޕާސަންކަމުން ޣަފޫރު ވަކިކުރަން ސޮއި ހަމަކޮށްފި

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޢަބްދުޣަފޫރު މޫސާ--- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޗެއަރޕާސަން ކަމުގެ މަޤާމުން ޢަބްދުލްޣަފޫރު މޫސާގެ ވަކިކުރުމަށް 50 އަށްވުރެ ގިނަ މެންބަރުންގެ ސޮއިއާއެކު އެ ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ad Image
Ads by

ޗެއަރޕާސަން ކަމުގެ މަޤާމުން ޣަފޫރު ވަކިކުރުމަށް 50 އަށްވުރެ ގިނަ މެންބަރުންގެ ސޮއިއާއެކު އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހަޅާފައިވަނީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އެ މަޤާމުން ޣަފޫރު ވަކިކުރަން ނަޝީދުގެ ފެކްޝަނުން އިސްވެ މަސައްކަތް ފަށާފައިމިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދެއްކެވުމުގެ ފުރުޞަތު ނަޝީދަށް ނުދިނުމުގެ ސަބަބުންނެވެ.

”އެކި އެމްވީ“ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވުމުގެ ފުރުޞަތު ނަޝީދަށް ނުދޭން އެންގީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ. މި މައްސަލައާ ގުޅިގެން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑެތި ބައިބައިވުންތަކެއް އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް އެކި ކަންކަމުގައި ސީރިއަސް ތުޙުމަތުތަކެއް ކުރަން ފަށައިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ޢަބްދުލްޣަފޫރު މޫސާ އިންތިޚާބުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 65 މެންބަރުންގެ ތާއީދާއެކުގައެވެ. އެ މަޤާމުން އޭނާ ވަކިކުރުމަށް ޕެޓިޝަނުގައި ސޮއިކުރަން ފަށާފައިވާއިރު މިހާތަނަށް 55 މެންބަރަކު ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި