Wednesday, 9 September 2026
Ads by

ޝީޓް ޕައިލްކުރުމުގެ މަސައްކަތަށް މަސްވެރިންގެ ޕާކާއި ބީއެމްއެލްއާ ދެމެދު އޮންނަ ފަޅާއި މަގު ބަންދުކުރަނީ

ޝީޓް ޕައިލްކުރުމުގެ މަސައްކަތަށް މަސްވެރިންގެ ޕާކާއި ބީއެމްއެލްއާ ދެމެދު އޮންނަ ފަޅާއި މަގު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދަނީ--- ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލްކުރުމުގެ މަސައްކަތްތައް ފެށުމަށް ޓަކައި މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހަމައަށް އޮންނަ މަގާއި ފަޅު ބަންދުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ދެވަނަ ސެގްމަންޓުން ފެށިގެން ހަތަރު ވަނަ ސެގްމަންޓާއި ހަމައަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަޙައްދުގެ މަގާއި ފަޅު ބަންދުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަޙައްދުގެ ފަޅުގައި މި ވަގުތު އަޅާފައިވާ އޮޑިދޯނިފަހަރު ނަގައި، ހުސްކޮށްދިނުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 1،088 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 390 މީޓަރުގެ ސަރަޙައްދުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިމުމުން އެ މަގު ވެގެންދާނީ ދުއްވާ އުޅަނދުތަކަށް ބޭނުންކުރަން ފަސޭހަ، ޖާގަ ތަނަވަސް އަދި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި މަގުތަކަކަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި