Sunday, 25 October 2026
Ads by

އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް

އެމްޑީޕީ ވަޅޯތާފަނާ ޖަލްސާއިން ފައިދާވީ ޕީއެންސީއާއި ރައީސް މުޢިއްޒަށް: ސައިފް

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިޙް.. ފޮޓޯ ސިޓީ ކައުންސިލް..

ލޯކަލްކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއަކީ، ވަޅޯތާފަނާ ޖަލްސާއެއް ކަމަށާއި، އެ ޖަލްސާއިން ފައިދާވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށާއި ރައީސް ޑރ. މުޢިއްޒުއަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސައިފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި އަނެއްކާވެސް ބަހުގެ ހަމަލާތައް ބަދަލުވަމުންދ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިން މައްސަލާގައި އުފެދުނު ޒުވާބަށްފަހު، 2 ފެކްޝަނުން ސޯޝަލްމީޑިއާގައި ދަނީ ހޫނު ޒުވާބެއް ކުރަމުންނެވެ.

އެރޭގެ ޖަލްސާއަށް ޢިޝާރާތް ކުރައްވާ ސައިފް ވިދާޅުވީ އެމްޑީޕީގެ ޖަލްސާގައި ސާފު މެސެޖެއް ނެތް ތަނުގައި ސާފު އިސްތިރާޖެއް ނެތްކަމަށެވެ. އަދި ރައްޔިތުން އެދުނީ ކުރިއަށް ދާންވީ މަގާއި ޕްލޭން ސާފުވެ، ދެ ރައީސުންގެ ކިބައިން އުންމީދު އައުވެގެން ދިއުން ކަމަށްވީނަމަވެސް، ރައީސް ނަޝީދުއަށް ފުރުސަތު ނުދީ ހިފެހެއްޓުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ނިންމެވީކަމަށް ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ މިހިނގަމުންދާ ކަންކަމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ވިޔަސް، އެމްޑީޕީ މިސްރާބުކުރަން މިއަދު ޖެހިފައިވަނީ ރައީސް ސޯލިހުގެ ސިޔާސީ އެޑްވާންޓޭޖަށް. ކަމަށާއި މިއީ ދެރަކަމެއް ކަމަށެވެ.

ކައުންސިލަރު ސައިފް އަކީ މީގެ ކުރިން އެމްޑީޕީ ބައިބައިވީ ވަގުތުވެސް އެމްޑީޕީގެ ހަޤީޤީ މޭސްތިރިޔާ ރައީސް ނަޝީދު ފެކްޝަންގައި އެމަނިކުފާނާއިއެކު ހުންނެވި ބޭފުޅެކެވެ. އަދި އޭރުޖެހުނު މައްސަލަތައް ހައްލުކޮށް ސުލްހަވެ، އަލުން ރައީސް ނަޝީދާއިއެކު އެމްޑީޕީއާއި ގުޅި، ސިޔާސީ މަސައްކަތް ފެށިއެވެ. ދާދިފަހުން ނިމުނު ކައުންސިލް އިންތިޚާބުގެ ކުރިން ބޭއްވި ޕްރައިމަރީގައި ސައިފް ވާދަކުރުމުންވެސް އެމްޑީޕީ ސޯލިހު ފެކްޝަނުން އޭނާ ފެއިލްކޮށްލުމަށްފަހު ޓިކެޓް ހޯދައިދިނީ މާބޮޑު ތަޖުރިބާއެއްނެތް އެމްޑީޕީ އެކްޓިވިސްޓް ހަދީޖާ މުޙައްމަދު (ކެލާގޭ ހައްޖަ) އަށެވެ. އަދި އެ ޕްރައިމަރީ ތެރޭގައިވެސް އޭގެ ފަހުންވެސް ސައިފްއަށް ވެސް ވަރަށް ހަޖޫޖަހާ މަލާމާތްކޮށްފައިވެއެވެ. މިކަމުގައި އިސްރޯލެއް އަދާކުރީ ސިއްކަގޭ މީހުން ކަމަށް މަޢުލޫމާތުލިބެއެވެ، އެއީ އެމްޑީޕީ އިބޫ ސޯލިހު ފެކްޝަނެވެ.

ސައިފް އަކީ ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލްކޮށްގެން އައިސް، ސިޔާސީ މައިދާނުގައި ޚިދުމަތްކުރައްވާ، މިއަދުވެސް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި