Wednesday, 9 September 2026
Ads by

ޕީއެންސީގެ މެންބަރުކަމުން އަސްމާ ވަކިކުރާކަށް ނާންގާ: ފަލާހު

ޕީއެންސީގެ މެންބަރުކަމުން އަސްމާ ވަކިކުރާކަށް ނާންގާ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު---

ރައްުޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ކޮންގްރެސް ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވި ކަމަށް ބުނެ ފަތުރަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެކަމަށް ބުނެ، ފޯނު ކޯލެއްގައި އަސްމާ ދައްކާފައިވާ ވާހަކަތަކެއްގެ ރިކޯޑިންގ މީސް މީޑިއާގެ އެކި މަންސަތަކުގައި ވަނީ ދައުރުވެފައެވެ. 12 މިނެޓުގެ ފޯނު ކޯލުގެ ރިކޯޑިންގގައި އަސްމާ ވަނީ، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކަކީ ދޮގުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައިފައެވެ. އަސްމާ ބުނީ ޕީއެންސީގެ ލީޑަރޝިޕުން އަންގާ އެއްވެސް އެންގުމަކަށް ބޯނުލަބާނެ ކަމަށާއި، އެ ފަރާތްތަކުން ވިދާޅުވާ އެއްވެސްކަމެއް ނުކޮށްދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އަސްމާގެ މައްސަލަ ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި އެ ޕާޓީން ވަކިކުރަން ރައީސް މުޢިއްޒު އަންގަވާފައިވާކަމަށް ބުނެ މިހާރު ވަނީ އަޑުފެތުރިފައެވެ. މިކަމާ ގުޅިގެން ފަލާޙު ވިދާޅުވީ ޕީއެންސީގެ މެންބަރުކަމުން އަސްމާ ވަކިކުރުމަށް ރައީސް މުޢިއްޒު އަންގަވާފައިވާކަމަށް ބުނެ ދެކެވެމުން އަންނަނީ ދޮގު ވާހަކަތަކެއް ކަަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަކާއެކު، ޕީއެންސީން އަސްމާ ވަކިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އޭނާ ވަކިވާނެއެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެކަމަށް ބުނެ މިފަދަ ވާހަކަތަކެއް އަސްމާ ދައްކާފައިވާ މި ދަނޑިވަޅުގައި އޭނާގެ ޢާއިލީ މީހުން ވަނީ ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފައެވެ. އެގޮތުން އަސްމާގެ ދެ ދަރިން ކަމަށްވާ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި އައިމިނަތު ޙުސައިން ޝަރީފްގެ އިތުރުން އަސްމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޑރ. ސަލްމާ ރަޝީދު މީގެ ތެރޭގައި ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި