Wednesday, 9 September 2026
Ads by

މާލެސިޓީގެ އިންތިޚާބީ ކައުންސިލަރުންނާ މޭޔަރ ޢާޒިމް ބައްދަލުކުރައްވައިފި

މާލެސިޓީގެ އިންތިޚާބީ ކައުންސިލަރުންނާ މޭޔަރ ޢާޒިމް ބައްދަލުކުރައްވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް އިންތިޚާބުވި އައު ކައުންސިލަރުންނާ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފިއެވެ.

Ad Image
Ads by

މި ބައްދަލުވުން ބާއްވާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވަނީ އިންތިޚާބީ ކައުންސިލަރުންގެ ކިބައިން މުހިންމު ކަންތައްތަކަކަށް އެދިވަޑައިގެންފައެވެ. އެގޮތުން، މާލޭގެ ހުރިހާ ދާއިރާއެއްގައި ހުރި ދަތިތަކާއި މައްސަލަތައް ވަޒަންކޮށް، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ފެށުމަށް މޭޔަރ އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދޭ ކައުންސިލަރުންތަކަކަށް ވުމަށް ވެސް މޭޔަރ ޢާޒިމް މިއަދުގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ކައުންސިލަރުންގެ އެއްބާރުލުން ބޭނުންވާނެކަން މޭޔަރ ޢާޒިމް ވަނީ ފާހަގަކުރެއްވިއެވެ.

މޭޔަރ އާދަމް ޢާޒިމް އާއެކު މާލެ ސިޓީ ކައުންސިލަށް މިފަހަރު އަލަށް އިންތިހާބުވި ކައުންސިލަރުންނަކީ:

އަހުމަދު ޣާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ

އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) – ހުޅުމާލެ މެދު ދާއިރާ

ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) – ހުޅުމާލެ އުތުރު ދާއިރާ

ފާތިމަތު ސަހުލާ (އެމްޑީޕީ) – ހެންވެއިރު ހުޅަނގު ދާއިރާ

މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) – މެދު ހެންވޭރު ދާއިރާ

އައިޝަތު ނާޒިމާ (އެމްޑީޕީ) – ހެންވޭރު ދެކުނު

ފާތިމަތު ލައިޒާ (އެމްޑީޕީ) – ހެންވޭރު އުތުރު ދާއިރާ

އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) – ގަލޮޅު އުތުރު ދާއިރާ

އިބްރާހިމް ހަލީމް (އެމްޑީޕީ) – ގަލޮޅު ދެކުނު ދާއިރާ

ހައްވާ ޝިފާނާ (އެމްޑީޕީ) – މައްޗަންގޮޅި މެދު ދާއިރާ

ހަދީޖާ މުހައްމަދު (އެމްޑީޕީ) – މައްޗަންގޮޅި އުތުރު ދާއިރާ

ފަރުހާން ޝަފީއު (އެމްޑީޕީ) – މައްޗަންގޮޅި ދެކުނު ދާއިރާ

މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) – މާފަންނު ހުޅަނގު ދާއިރާ

އައިޝަތު ހަނާ (އެމްޑީޕީ) – މާފަންނު މެދު ދާއިރާ

އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) – މާފަންނު ދެކުނު ދާއިރާ

ހުސައިން ފުރުޝާން (އެމްޑީޕީ) – މާފަންނު އުތުރު ދާއިރާ

އިބްރާހިމް ސަމާހު (ޕީއެންސީ) – ވިލިމާލެ ދާއިރާ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު