Thursday, 8 October 2026
Ads by

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީގެ މަޤާމުތަކުން މީހުން ވަކިކުރަން ފަށައިފި

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީގެ މަޤާމުތަކުން މީހުން ވަކިކުރަން ފަށައިފި

ކުރީގެ ދެ ރައީސުން އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން---

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކިކުރަން ފަށައިފިއެވެ.

Ad Image
Ads by

މަޤާމުތަކުން ވަކިކުރަން ފަށާފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ އެ ޕާޓީގެ ބައެއް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށް ”އެކި އެމްވީ“ އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަޤާމުތަކުން ވަކިކުރަން ފަށާފައިމިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ކާނިވާ ސަރަޙައްދުގައި ރޭ ކުރިއަށް ގެންދިޔަ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުޞަތު ނުދިނުމަށް އެ ޕާޓީގެ ލީޑަރޝިޕުން ނިންމުމާ ގުޅިގެން ނަޝީދުގެ ވަފާތެރިން އެކަމާ ފާޑުކިޔަމުން އަމާޒުކުރުމާ ގުޅިގެންނެވެ.

އެގޮތުން އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާ ސޮއިކޮށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފަށާއި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަޙީދު މަޤާމުން ވަކިކޮށްފައިވާކަން އަންގައި ސިޓީއެއް ފޮނުވައިފައެވެ. އެ ދެ ބޭފުޅުން މަޤާމުން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ސިޓީގައި ބަޔާންކޮށްދީފައެއްނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި, އެމްޑީޕީގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިން ޚާއްޞަކޮށް ކުރީގެ ރައީސް ނަޝީދަށް ވަފާތެރި ބޭފުޅުން މަޤާމުތަކުން ވަކިކުރަން އެމްޑީޕީގެ ޗެއަރޕާސަން ޢަބްދުލްޣަފޫރު މޫސާއަށް އަންގާފައިވަނީ ސީދާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން ޢަބްދުލްޣަފޫރު މޫސާގެ އިތުރުން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ