Wednesday, 9 September 2026
Ads by

ގަފޫރު ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވިއިރު، އެމްޑީޕީން ގަފޫރުގެ އިސްތިއުފާއަށް ގޮވާއަޑު މާގަދަ !

ގަފޫރު ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވިއިރު، އެމްޑީޕީން ގަފޫރުގެ އިސްތިއުފާއަށް ގޮވާއަޑު މާގަދަ !

އެކި ގްރެފިކްސް: ހުސެން ފައުޒާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްގަފޫރު މޫސާ ރައީސް ޑރ. މުޢިއްޒުގެ އިސްތިއުފާއަށޤ ގޮވާފައި ސްޓޭޖުން ފޭބިއިރު، މުޅި އެމްޑީޕީގެ މެޖޯރިޓީން ގޮވަމުންދިޔައީ ގަފޫރުގެ އިސްތިއުފާއަށެވެ.

Ad Image
Ads by

ޖަލްސާގައި ގަފޫރު ވިދާޅުވީ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އޭގެ މާނައަކީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދިނުމަށް ފަހު ގެއަށް ދާން ޖެހިފައިވާކަން ކަމަށެވެ.

”އަޅުގަނޑު މި ގޮވާލަނީ އިސްތިއުފާށް، ރައްޔިތުންގެ އިތުބާރު ގެއްލުނީމާ ދުނިޔޭގެ އެހެން ތަންތަނުގައި ކަންކުރާ ގޮތަށް އިސްތިއުފާ ދީފަ ގެއަށް ދާށޭ،“ ގަފުފޫރު ވިދާޅުވި އެވެ.

ގަފޫރު މިމޭރުމުން ވާހަކަދައްކަވާފައި ޕޯޑިއަމް ދޫކޮށް ފޭބިވަގުތު އެމްޑީޕީ ތެރެއިން އިވެންފެށީ ގަފޫރުގެ އިސްތިއުފާއަށް އޭނާ ނިސްބަތްވާ ޕާޓީ އެމްޑީޕީގެ އިސްވެރިންނާއި އާންމު މެންބަރުން އަޑުހަރުކޮށް ގޮވަމުންދިޔަ އަޑެވެ. ސަބަބެއް ނެތިއެއްނޫނެވެ. މިވަގުތަކީ އެމްޑީޕީގެ ތެރޭގައި އަނެއްކާ ވެސް ހިޔާލުތަފާތުވުން ބޮޑުވެ ފެކްޝަންތައް އުފެދި ބައިބަިވެފައިވާ ދަނޑިވަޅެކެވެ.

މިކަން މިހެން ދިމާވީ އުފާފާޅުކުރުމުގެ ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން ހިޔާލު ތަފާތުވުން ބޮޑުވެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެނެވެ. މިކަމާއިގުޅިގެން އެމްޑީޕީގެ މެޖޯރިޓީ މެންބަރުން ދަނީ ފާޅުގައި ގަފޫރުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އޭނާ ސްޓޭޖުގައި ހުރެ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވި ވަގުތު އެ ސަރަޙައްދުގައި ގުގުމާފައިހުރީ ”އެމްޑީޕީގެ ޗެއާޕާސަން ކަމުން ގަފޫރު ވަގުތުން އިސްތިއުފާ ދޭންޖެހޭ“ މިއަޑެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވަގުތުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލި މަނިކު (މޫކޭ) ވެސް ވަނީ ގޮވާލާފައެވެ. މޫކޭ ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށެވެ. އަދި އުފާ ކުރަންވީ ރޭ ޕާޓީގެ މަސްލަހަތު ނަގާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވަ ގަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް ރޫޙު މަރާލުމަކީ ވަގުތުން ޗެއާ އިސްތިއުފާ ދޭންޖެހޭ ކަމެއް.“ މޫކޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި މިހިނގާދިޔަ ހަމަނުޖެހުންތައް އިތުރަށް ބޮޑުވެފައިވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު (އިބްރޭ) އިދާރީގެ މަގާމުން ވަކިކުރެއްވުމާއެކުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަަބްދުލްޣަފޫރު މޫސާ ސޮއިކޮށް ވަހީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެ ދިނުމަށް ޗެއާޕާސަންގެ ނާއިބު (އިދާރީ) އާއި ޗެއާޕާސަންގެ ނާއިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަނުކުރަން ވާނެ ކަމަށް ބަޔާންކޮށް ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އިބްރޭ ވަނީ އެ ނިންމުމާއި ގުޅިގެން ގަޕޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ގަޕޯއަށް ފާޑުވިދާޅުވެ އޭނާ ވިދާޅުވީ ރަނގަޅަށް މޮޔަވެއްޖެ ކަމަށެވެ. ވަހީދުގެ ކުރީން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުން އަހްމަދު މައުރޫފް ވެސް ވަނީ ވަކިކޮށްފަ އެވެ. މިކަންކަމާއެކު، އެމްޑީޕީ ތެރޭގައި ގަފޫރުގެ އިސްތިއުފާ އަޑު ގަދަވެފައިވާއިރު، ގިނަބަޔަކު ބުނަނީ ގަފޫރަށް މަގާމުގައި ދެން ހުރެވޭނީ ދެތިން ދުވަސް ވަންދެން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
މުޖުތާޒު
މުޖުތާޒު
5 މަސް ކުރިން

އެހެންވާނީ އެކަހަލަ ދެބޯގެރިންނަޢް މިހާރު މުޅި ސޯޝަލަ މީދިޔާގެ އެންމެން ގޮވަނީ ގަޕޯ ) ގައްޕީ( ގެ އިސްތިއުފާަޢް އެހެންވާނީ ސިއްކަ އިބޫއަތުން ކައިފަ އަންނި އަތުން ކާން އުޅެންޏާ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި