Sunday, 26 July 2026
Ads by

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އަސްމާގެ ޢާއިލީ މީހުން ސަރުކާރުގެ އިސް މަޤާމުތަކުން ވަކިކުރަނީ!

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އަސްމާގެ ޢާއިލީ މީހުން ސަރުކާރުގެ އިސް މަޤާމުތަކުން ވަކިކުރަނީ!

އަސްމާ ރަޝީދު---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަމުންގެންދާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ޢާއިލީ މީހުން ސަރުކާރުގެ އިސް މަޤާމުތަކުން ވަކިކުރަން ފަށައިފިއެވެ.

Ad Image
Ads by

އަސްމާގެ ޢާއިލީ މީހުން ސަރުކާރުގެ އިސް މަޤާމުތަކުން ވަކިކުރަން ފަށާފައި މިވަނީ، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާނެކަމަށް ބުނެ، އޭނާ ދައްކާފައިވާ ވާހަކަތަކެއްގެ ފޯނު ކޯލް ރިކޯޑިންގއެއް މީސްމީޑިއާގައި ދައުުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މި 12 މިނެޓުގެ ފޯނު ކޯލުގެ ރިކޯޑިންގގައި އަސްމާ ވަނީ، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކަކީ ދޮގުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަރާތްތަކުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވައިފައެވެ. އަސްމާ ބުނީ ޕީއެންސީގެ ލީޑަރޝިޕުން އަންގާ އެއްވެސް އެންގުމަކަށް ބޯނުލަބާނެ ކަމަށާއި، އެ ފަރާތްތަކުން ވިދާޅުވާ އެއްވެސްކަމެއް ނުކޮށްދޭނެ ކަމަށެވެ.

ސަރުކާރުގެ މަޤާމުތަން ވަކިކުރެވުނު އަސްމާގެ ޢާއިލީ މީހުންގެ ތެރޭގައި، ޔޫއޭއީގައި ހުންނަ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ އިތުރުން، ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ. ޑރ. ސަލްމާއަކީ އަސްމާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

މަޤާމުތަކުން ވަކިކޮށްފައިވާ އެހެނިހެން ބައެއް ފަރާތްތަކަށް ބަލައިލާއިރު:

  • އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ދީދީ
  • ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަސްބާޙް ޢަލީ ނަސީރު
  • ‏ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާހު
  • އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރިޝްވާން

ސަރުކާރުގެ އިސް މަޤާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު އޮޮންނަ ފަރާތްތަކަށް ދެއްވާ މަޤާމުތަކެއް ކަމަށްވާއިރު، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ބަދަލުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، ސަރުކާރު ބަލިކަށިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުޞަތު އޮވެގެން ނުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަސްމާއަށް އަމާޒުވެފައިވާއިރު، ކޮންގްރެސް ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ އޭނާއަކީ ޕާޓީއަށް ޚިޔާނާތްތެރިވެފައިވާ މީހެއް ކަމަށެވެ.

އަސްމާއަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެދެވޭ މަސައްކަތެއް ނުކުރާ މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ އޭނާގެ ގޮނޑި އަތުލުމަށް ވެސް އެ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި