ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ޕާކިސްތާނުން ވަނީ މެދުވެރިއަކަށްވެ އެމެރިކާއާއި އީރާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް، އެ ދެ ޤައުމަށް ފުށަހަޅާފައެވެ.
ދެ ފިޔަހިއަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ފަރުމާކޮށްފައިވާ މި ޕްރޮޕޯސަލުގެ ފުރަތަމަ ފޭހުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދެފަރާތުންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި، ހޮޒްމޫން ކަނޑުއޮޅި އަލުން ހުޅުވުން ހިމެނެއެވެ.
15 ދުވަހާއި 20 ދުވަހުގެ މުއްދަތެއްގައި ފެށުމަށް ހަމަޅެހިފައިވާ ދެވަނަ ފިޔަވަހީގައި ސުލްހައިގެ އެއްބަސްވުމަކާއި، އެމެރިކާ-އީރާން ހަނގުރާމަ އެކުއެކީ ހުއްޓާލުން ހިމެނެއެވެ. އަދި މަޞްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފަހު އެއްބަސްވުމުގައި އީރާނުން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލުން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެކުރިން އީރާނުން ފާހަގަކޮށްފައިވާ ގޮތުގައި ހަނގުރާމަ އެކުއެކީ ހުއްޓާލުމަށާއި، އީރާނަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ނުލިބެނިސް އެއްބަސްވުމަކަށް ނުދާނެއެވެ.












