Wednesday, 9 September 2026
Ads by

ޞާލިޙުގެ އަމުރަށް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަން ނަޝީދަށް ފުރުޞަތު ނުދިން!

ޞާލިޙުގެ އަމުރަށް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަން ނަޝީދަށް ފުރުޞަތު ނުދިން!

ކުރީގެ ރައީސް ނަޝީދު---

އިދިކޮޅު އެމްޑީޕީން މިރޭ ބާއްވަމުންގެންދާ ޖަލްސާގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުޞަތު ނުދޭން އެ ޕާޓީގެ ލީޑަރޝިޕުން ނިންމައިފިއެވެ.

Ad Image
Ads by

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީގެ ލީޑަރޝިޕުން މި ޖަލްސާގައި ވާހަކަދައްކަވަން ރައީސް ނަޝީދަށް ފުރުޞަތު ނުދޭން ނިންމާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސީދާ އެންގުމުގެ މަތިންނެވެ.

މިކަމުގެ ސަބަބުން އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ޖަލްސާ ބޮއިކޮޓްކުރުމުގެ ހަރަކާތެއް ވެސް ފަށައިފައެވެ. އެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީ ލިބިފައިވަނީ ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

މި ޖަލްސާގައި ވާހަކަ ދައްކަން ފުރުޞަތު ނުދިނުމުގެ ސަބަބުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުގައި ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ”މި އުފާވެރި ރޭގައި ވަރަށް ހިތްދަތިވެއްޖެ“ ކަމަށެވެ. ވާހަކަދައްކަވަން ފުރުޞަތު ނުދިނުމުގެ ސަބަބުން ރައީސް ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފައެއް ވެސް ނުވެއެވެ.

މިކަން މިހެން ހިނގާފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ކައުންސިލް އިންތިޚާބަށް ފަހު އެމްޑީޕީގެ ތެރޭގައި އަނެއްކާ ވެސް ދެބަސްވުން އުފެދި، ޕާޓީ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި