Wednesday, 9 September 2026
Ads by

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު ކުރީގެ އަގަށް ބަދަލުކޮށްފި

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު ކުރީގެ އަގަށް ބަދަލުކޮށްފި

މިފްކޯ މަސްފިހާރަ---

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮމަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު ކުރިން ވިއްކަމުން އައި އަގަށް މަސްދަޅު ވިއްކަން ފަށައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މިފްކޯއިން ބުނީ, އެ ބަދަލު ގެންނަން ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދުތައް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

މިފްކޯ އިން ބުނެފައިވާ ގޮތުގައި، ހުސްވި މާރިޗު މަހުގެ ކުރިން 11.57 ރުފިޔާއަށް ލިބެމުން ދިޔަ ތެޔޮ ލީޓަރެއް މިހާރު ލިބެނީ 14.32 ރުފިޔާއަށް ކަމަށެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން ތެޔޮ މަސްދަޅެއް ވިއްކުމަށް އެ ކުންފުނިން ނިންމީ 18.50 ރުފިޔާއަށެވެ. ނަމަވެސް ތެޔޮ މަސްދަޅެއް ކުރިން ވިއްކަމުން އައި އަގަށް ވިއްކަން ނިންމީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ބެލުމަށްފަހުގައިކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

މިފްކޯ އިން އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރަނުންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި