Saturday, 24 October 2026
Ads by

ޒަމާން ތަކެއް ވަންދެން އެމްޑީޕީގެ މެޖޯރިޓީ އޮތް ތޮއްޑޫ ކައުންސިލް ޕީއެންސީއަށް !

ޒަމާން ތަކެއް ވަންދެން އެމްޑީޕީގެ މެޖޯރިޓީ އޮތް ތޮއްޑޫ ކައުންސިލް ޕީއެންސީއަށް !

ތޮއްޑޫ ކައުސިލަށް ޕީއެންސީން ހޮވުނު މެންބަރުން.. ފޮޓޯ / ތޮއްޑޫ ކައުންސިލް

ހޮނިހިރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބުގައި އއ. ތޮއްޑޫގެ ކައުންސިލްގެ ހަތަރު ގޮނޑިއާއެކު ސަރުކާރުން ހިންގާ މައި ޕާޓީ ޕީއެންސީން ތޮއްޑޫގެ މެޖޯރިޓީވެސް ހޯދައިފިއެވެ.

Ad Image
Ads by

ތޮއްޑޫ ފަހަގަވެގެން ގޮސްފައިވަނީ އެމްޑީޕީގެ ރަށެއްގެ ގޮތުގައެވެ. އަދި މިހާރު ހިނގަމުންދާ ކައުންސިލުގެ ރައީސް ހިމެނޭހެން 4 ކައުންސިލް މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ތޮއްޑޫއިން މިވަނީ ނަތީޖާ ބަދަލުކޮށްލާފައެވެ. މިއީ ޕީއެންސީއަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ތޮއްޑޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އާދަމް ނަވީނެވެ. އޭނާއަށް 610 ވޯޓު ލިބިވަޑައިގަތެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ނަސީފަށް ލިބިވަޑައިގެންނެވީ 574 ވޯޓެވެ.

މީގެ އިތުރުން ތޮއްޑޫ ކައުންސިލު މެމްބަރު ކަމުގެ ދެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށްވާ މޫސާ އަނީލް އާއި، އަަލީ ރިޝާނެވެ. އަނީލަށް 597 ވޯޓު ލިބިވަޑައިގެންނެވިއިރު، ރިޝާނަށް ލިބިވަޑައިގެންނެވި 574 ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރަޝީދަށް 454 ވޯޓު ލިބިވަޑައިގެންނެވިއިރު، އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 482 ވޯޓެވެ. ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއެއް އިންތިޚާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު މަރިޔަމް ސުޒީއެވެ. އޭނާއަށް 725 ވޯޓު ލިބިވަޑައިގެންނެވިއިރު، ދެވަނަ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު މަޖުދާއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 514 ވޯޓެވެ.

ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ރަށު ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީންނެވެ. ނަމަވެސް، 5 ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި