Sunday, 26 July 2026
Ads by

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފެނަކަ އެމްޑީ ނަޖާހު މަޤާމުން ވަކިކޮށްފި

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ފެނަކަ އެމްޑީ ނަޖާހު މަޤާމުން ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު ވަކިކޮށްފިއެވެ.

Ad Image
Ads by

ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން (ޕީސީބީން) ވަނީ މިކަން އިއުލާނުކޮށްފައެވެ. ޕީސީބީން ކުރި ޕޯސްޓެއްގައި ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.

ނަޖާހު އެ މަޤާމުން ވަކިކުރެއްވި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވިނަމަވެސް، ބެލެވޭގޮތުގައި، އޭނާ ވަކިކުރީ މަޤާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރެވިފައި ނުވާތީއެވެ.

ފެނަކައިގެ އެމްޑީގެ މަޤާމަގަށް ނަޖާހު އައްޔަންކުރީ ޑިސެމްބަރު 23، 2024 ގައެވެ އޭނާ އައްޔަންކުރީ ނޮވެމްބަރު 28، 2024 އިން ފެށިގެން އެ މަޤާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު އެ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. މުއާޒަށް އެ ފިޔަވަޅު އެޅުއްވީ ފެނަކައިގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވެ އެވެ.

ނަޖާހު އަކީ ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަދި 21 އަހަރު ވަންދެން ސިފައިންގޭގައި ޚިދުމަތް ކުރައްވައިފަވާ ފަރާތެކެވެ. އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ހައްދަވައިފަ އެވެ. އެހެންނަމަވެސް ފެނަކަ އެމްޑީއެއްގެ ގޮތުގައި މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި މި ސަރުކާރުގައި  އެތައް ދުވަހެއް ވުމުން އޭނާއަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެ، ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ. އަދި އައްޑޫސިޓީއިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވުމުގެ އެއް އަސްލަކީ އައްޑޫސިޓީގެ ޒަމާންވީ ކަރަންޓު މައްސަލަ ހައްލު ނުވުން ކަމުގައި ގިނަބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި