Saturday, 24 October 2026
Ads by

ޚަރަދު ކުޑަކުރުމަށް މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފި

ޚަރަދު ކުޑަކުރުމަށް މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފި

މިފްކޯ މަސްފިހާރަ---

ޚަރަދު ކުޑަކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ރަސްމީ މަސައްކަތު ވަގުތު މާދަމާއިން ފެށިގެން ކުރުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

Ad Image
Ads by

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި، މިފްކޯއިން ގެނައި މި ބަދަލަކީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ކުންފުންޏަށް ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެކެވެ. މިފްކޯއިން ވަނީ ރަސްމީ މަސައްކަތު ގަޑި ކުރުކުރުމުގެ އިތުރުން އެހެނިހެން ބައެއް ފިޔަވަޅުތައް އެޅުމަށް ވެސް ނިންމައިފައެވެ.

މިކަމާ ގުޅިގެން މިފްކޯގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްޠަފާ ވިދާޅުވީ، އެ ކުންފުނީގެ ރަސްމީ މަސައްކަތު ވަގުތު ކުރުކުރުމުގެ ގޮތުން ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް އޮންނަ އަށް ގަޑިއިރުގެ ރަސްމީ މަސައްކަތު ވަގުތު، ހަ ގަޑިއިރަށް ކުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކުރި ނަމަވެސް، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެގޮތުން މިފްކޯގެ ފިހާރަތަކުން އާންމުންނަށް ދޭ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެކަމަށް ޝިފްޒާ ވަނީ ވިދާޅުވެފައެވެ.

ރަސްމީ މަސައްކަތު ވަގުތަށް ބަދަލުތަކެއް ގެނައި ނަމަވެސް، މުވައްޒަފުންގެ އިތުރު ގަޑީގެ މުސާރައަށް އެއްވެސް ކަހަލަ ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން ޝިފްޒާ ވަނީ ދެއްވައިފައެވެ. ނަމަވެސް އިތުރު ގަޑީގެ މަސައްކަތް ކުރެވޭނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހިގެން، ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި