Saturday, 24 October 2026
Ads by

މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި

މާމިގިލިން ޤާސިމަށް ވަރުގަދަ މެސެޖެއް: ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ޕީއެންސީން ގެއްލުވާލައިފި

ކައުންސިލް އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކުރި މާމިގިލި ޕީއެންސީ ޓީމް..

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އދ. މާމިގިލިން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީއާއެކު ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ އެރަށުން ގެއްލުވާލައިފިއެވެ.

Ad Image
Ads by

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ކައުންސިލްތައް ވުޖޫދުވުމަށްފަހު، މިއަދާއި ހަމައަށްވެސް މާމިގިއްޔަކީ ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ރަށެކެވެ. ކޮންމެ ސަރުކާރެއް އޮތްނަމަވެސް މާމިގިލީގެ ކޮންޓްރޯލް އޮންނަނީ އަބަދުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައެވެ. އެއީ ކޮންމެ ސަރުކާރަކާއެކު ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ހުންނަވާ އެ ދާއިރާ އަބަދުވެސް ޤާސިމްގެ އަތްމައްޗަށް ދޫކޮށްލަން ސަރުކާރަށް ކުރައްވާ ޝަރުތާއެކު އެކަން އެގޮތުގެ މަތީން އޮންނަ އޮތުމެވެ.

މިފަހަރު ޤާސިމްގެ ޕާޓީ ޖޭޕީން ވާދަކުރެއްވީ މާމިގިލި ކައުންސިލަށް އެކަންޏެވެ. އެހެން ދާއިރާތަކުން ތާއީދު ކުރެއްވީ ސަރުކާރުގެ ކެންޑިޑޭޓުންނަށެވެ. އެހެންނަމަވެސް ކުރިއާއި ޚިލާފަށް މިފަހަރު މާމިގިލިން ސަރުކާރުގެ ކެންޑިޑޭޓުންވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރިއެވެ.

މިފަހަރުގެ އިންތިޚާބުގައި މާމިގިލީގެ ނަތީޖާއަށް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އައިއިރު ކޮންގްރެސް ޓީމުން މިވަނީ މާމިގިލީގެ މުޅި ތާރީޚު ބަދަލުކޮށްލާފައެވެ. ކައުންސިލް އިންތިޚާބުގައި މާމިގިލީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ދެ ގޮނޑި ވަނީ ޕީއެންސީން ހޯދާފަ އެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް އަލީ ނިހާލް އާއި އަޒްލީނާ އިބްރާހިމް އެވެ.

މީގެ އިތުރުން މާމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަޤާމުވެސް ޕީއެންސީން ވަނީ ހޯދާފަ އެވެ. ތަފާތު ބޮޑުކޮށް އެ މަޤާމު ހޯދާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ދިމްޝާ އަހްމަދު އެވެ. އަދި އެކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމު ވެސް ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މަރިޔަމް ސަމާ އާއި އުއްމުކުލްޡޫމް އެވެ.

ޕީއެންސީން މާމިގިލި ދާއިރާއަށް ދެން ވާދަކުރި ކެންޑިޑޭޓުން ވެސް ވަނީ ގިނަ އަދަދެއްގެ ވޯޓާއެކު ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާފަ އެވެ. އެގޮތުން ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓް އަޙްމަދު ނިޝާން އަށް ނާކާމިޔާބުވީ އެންމެ 12 ވޯޓްގެ ފަރަގުންނެވެ.

މިއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އުފަން ރަށުން ފުރަތަމަ ފަހަރަށް އެމަނިކުފާނަށް މެޖޯރިޓީ ގެއްލުވާލާ ޕީއެންސީން ހޯދި ތާރީޚީ މޮޅެކެވެ. ސިޔާސީ މަޝްރަހަށް އަންނަ ބަދަލަށް ނަޒަރު ހިންގާލާއިރު، ފަހަރުގައި މިއީ ޤާސިމަށް މާމިގިލީ ޒުވާނުން ދިން ވަރުގަދަ މެސެޖެއް ކަމަށްވުން އެކަށީގެންވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އެއް ރަށަކީވެސް މާމިގިއްޔެވެ. ޖުމްހޫރީ ޕާޓީއާއި، ޕީއެންސީ އަދި އެމްޑީޕީގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. އޭގެ ތެރެއިން ޖޭޕީއަށް ކައުންސިލްގެ 2 ގޮނޑިއާއި އަންހެނުން ކޮމެޓީގެ 2 ގޮނޑި ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ ކައުންސިލުން އެންމެ ގޮނޑިއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި