Saturday, 24 October 2026
Ads by

ކައުންސިލް އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް ތުޅާދޫއަށް އެމްޑީޕީ މެޖޯރިޓީ ގެއްލިއްޖެ!

ކައުންސިލް އިންތިޚާބެއްގައި ފުރަތަމަ ފަހަރަށް ތުޅާދޫއަށް އެމްޑީޕީ މެޖޯރިޓީ ގެއްލިއްޖެ!

ބ. ތުޅާދޫގެ ސިޔާސީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކައުންސިލް އިންތިޚާބެއްގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލިއްޖެއެވެ.

Ad Image
Ads by

މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ވެރިކަން ކުރާ ޕީއެންސީން ވަނީ އެ ރަށުން އެއް ގޮނޑި ކަށަވަރުކޮށް، ދެވަނަ ގޮނޑިއެއްގެ އުންމީދު ބޮޑުކޮށްފައެވެ.

ތުޅާދޫއަކީ އާންމުގޮތެއްގައި އިންތިޚާބުތަކުގައި އެންމެ އަވަހަށް ނަތީޖާ ކަށަވަރުކުރާ އެއް ރަށް ނަމަވެސް، މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ކަށަވަރު ނުވެ 24 ގަޑިއިރު ވެގެންދިޔައިރު ވެސް ރަށް އޮތީ އިންތިޒާރުގައެވެ. މިހާތަނަށް ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކަށަވަރު ކުރައްވާފައިވަނީ މިހާރު ވެސް ބ. އަތޮޅު ކައުންސިލްގެ ރައީސްކަން ފުރުއްވަމުން ގެންދަވާ އަހްމަދު އަފްރާހްއެވެ.

ކައުންސިލްގެ އަންހެން މެންބަރުންގެ ގޮނޑިތަކަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރި ސިފްނާ ރަޝާދު ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ. ނަމަވެސް އަންހެން މެންބަރުންގެ ދެވަނަ ގޮނޑީގެ ވާދަވެރިކަން ވަރަށް ބޮޑެވެ. މި ގޮނޑިއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓް ސާޖިދާ ޢަބްދުއްރަޙްމާން އާއި ޕީއެންސީގެ ކެންޑިޑޭޓް ޝައްފާ ޢަލީ އާ ދެމެދު އުޅެނީ އެންމެ ދެތިން ވޯޓުގެ ތަފާތެއް ކަމަށްވުމުން، އެ ނަތީޖާ އަދި އޮތީ ކަށަވަރުނުވެއެވެ.

ކައުންސިލް މެންބަރުކަމުގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ބޮޑު ތަފާތަކުން ޝިޙާބު ޢަލީ ކާމިޔާބުކޮށްފައިވާއިރު، އަނެއް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޔާސިރު މުޙައްމަދު ވަނީ ކާމިޔާބުކޮށްފައެވެ. ޔާސިރު މި ގޮނޑި ކާމިޔާބުކުރީ ތުޅާދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އަޙްމަދު ރަޝީދު (ބަންކާ) އާ ވާދަކޮށްގެންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގޮނޑި ހިމެނޭހެން ހަތަރު ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ބާކީ އޮތް އެއް ގޮނޑިއަށް އެމްޑީޕީގެ ޒާހިދާ ޔޫސުފް އާއި ޕީއެންސީގެ އިހުސާނާ ޢަލީ އާ ދެމެދު އޮތީ ވަރަށް ކުޑަ ފަރަޤެކެވެ.

މިއީ ތުޅާދޫގެ ސިޔާސީ ތާރީޚުގައި އެމްޑީޕީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަބަދުވެސް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މި ރަށުން މިފަހަރު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި