Saturday, 24 October 2026
Ads by

ބާރަށުން އެމްޑީޕީއަށް ނޫނެކޭ ބުނެ ކައުންސިލް ހުރިހާ ގޮނޑިއެއް ޕީއެންސީއަށް !

ބާރަށުން އެމްޑީޕީއަށް ނޫނެކޭ ބުނެ ކައުންސިލް ހުރިހާ ގޮނޑިއެއް ޕީއެންސީއަށް !

ބާރަށު ކައުންސިލަށް އިނތިޚާބުވި ޕީޢެންސީ ކެންޑިޑޭޓުން..

ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ހއ. ބާރަށުން އިދިކޮޅު އެމްޑީޕީއަށް ނޫނެކޭ ބުނެ ބާރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީއަށް ދީފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބާރަށު ކައުންސިލްގެ ފަސް ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބު ކޮށްފައިވަނީވެސް ޕީއެންސީންނެވެ. އެކު ޖުމްލަ 9 ގޮނޑި ސަރުކާރަށް މިވަނީ ކާމިޔާބުވެފައެވެ.

އިންތިޚާބުގެ ކުރިން ބާރަށު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ. އެ މަޤާމު ކަށަވަރު ކުރީ އަލީ ޝަމީމެވެ.

ކައުންސިލް ގޮނޑިތައް ކާމިޔާބު ކުރީ އަލީ ރަޝީދާއި އަލީ ވަސީމާއި ފާތުމަތު އަރީކާ އާއި އައިޝަތު ސަމީޒާއެވެ.

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާ މުޅިރާއްޖެއަށް ބަލާއިރު ގިނަ ގޮނޑިތަކެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. ނަމަވެސް، 5 ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި