Sunday, 26 July 2026
Ads by

ގއ. ވިލިނގިލިން އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުދިން !

ގއ. ވިލިނގިލިން އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުދިން !

އިއްޔެ ބޭއްވި އިންތޚާބުގައި ގއ. ވިލިނގިލީގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލް އިންތިޚާބުގައި ވިލިނގިލި ކައުންސިލްގެ ފަސް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑި ވެސް ނެގީ ޕީއެންސީންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު އެމްޑީޕީއަށް ވިލިނގިލިން އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައި ނުވެއެވެ.

ވިލިނގިލި ކައުންސިލްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ ވިޝާލް މުހައްމަދެވެ. ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ މުހައްމަދު އަބްދުލްއަހަދު އާއި އަޝްރަގު ގާދިރެވެ. ކައުންސިލްގެ އަންހެން މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ އަޒީމާ ހަސަނާއި ސުއޫދާ ނާސިރެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވެވަޑައިގަތީ އައިޝަތު ސާޖިދާއެވެ. އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޝަހުޒާ އަބްދުލްއަޒީޒާއި ޝަޒްލީނާއި މާހިރާއި ޖީޒާ އަބްދުﷲ އާއި ސިރިޔާޒާ އިބްރާހިމެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެކަމަކު، މާލެ ސިޓީ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި