Wednesday, 9 September 2026
Ads by

ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށް، ރައްޔިތުން ނޫނެކޭބުނެ ވެރިކަމުން ބޭލި އިބޫ ވިދާޅުވެއްޖެ

ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށް، ރައްޔިތުން ނޫނެކޭބުނެ ވެރިކަމުން ބޭލި އިބޫ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ބޮޑު 2 އިންތިޚާބު އެކުގައި ބާއްވަން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށް، ރައްޔިތުން 2023 ގައި ނޫނެކޭ ބުނެ ވެރިކަމުން ބޭލުވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސޯލިހު ”އެކްސް“ ގައި ރޭ ކުރެއްވި ޕޯސްޓެއްގައި އިންތިޚާބުތަކުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ވެސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިއާއިއެކު ސޯލިހު ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި ކަމަށެވެ. ރައްޔިތުން މިއަދު އެ ބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލު ކުރަން ޖެހިއްޖެ ވާހަކަ ކަމަށާއި ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ސޯލިހު ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި އަންހެނުންގެ ކޮމިޓީގެ ރައީސްކަން އަދި އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އިދިކޮޅު އެމްޑީޕީން ހޯދައިފައެވެ. އެހެންނަމަވެސް ގިނަ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑިތައް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓޫގައި ގިނަ ބަޔަކު ނިންމީ އެގޮތަށް ނުފެންނަ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި