Sunday, 26 July 2026
Ads by

މިއީ ނިމުމެއްނޫން، އާ ހިތްވަރަކާއެކު މަސައްކަތް ކުރަން ލިބުނު ފުރުޞަތެއް: އަލައިކާ

މިއީ ނިމުމެއްނޫން، އާ ހިތްވަރަކާއެކު މަސައްކަތް ކުރަން ލިބުނު ފުރުޞަތެއް: އަލައިކާ

އަލައިކާ އަދުނާން އިއްޔެގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން... ފޮޓޯ/ ވޮއިސް

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަކީ އެ މަސައްކަތުގެ ނިމުން ނޫންކަމާއި އެއީ އާ ހިތްވަރަކާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު ފުރުޞަތެއް ކަމަށް ޕީއެންސީ ޓިކެޓުގައި މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ރައީސާގެ މަގާމަށް ވާދަކުރެއްވި އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިއްޔެ ބޭއްވި އިންތިޚާބުގައި ގޮނޑި ކާމިޔާބު ނުވި ނަމަވެސް އެ ދަތުރުގައި ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް  ފަރާތުން އަލައިކާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޢާއިޝަތު ނަތީޖާ ގަބޫލުކުރައްވައި، އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް މިއީވެސް ލިބުނު ކާމިޔާބީއެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެއީ މި ދަތުރުން އޭނާއަށް ލިބުނީ މާ މަތިވެރި އަދި ދެމިގެންދާނެ ކާމިޔާބީއެއް ކަމަށާއި، އެއީ ގިނަ ބައެއްގެ އިތުބާރާއި، ލޯތްބާއި، ޔަޤީންކަން ކަމަށާއި، މިއީ އޭނާ ނުހަނު އުފަލާއެކު ބަލައިގަންނަ ބޮޑު ކާމިޔާބީއެއް ކަމަށް އަލައިކާ ވިދާޅުވިއެވެ.

އަލައިކާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫނެވެ. އެއީ ގިނަ އާއިލާތަކެއްގެ ޙައްޤުގައި، އަދި ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރެވުނު އިޚްލާޞްތެރި މަސައްކަތެކެވެ. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ލިބޭ އިނާޔަތެއް ނޫން ކަމަށާއި، އެއީ އެންމެންނަށް ލިބިގެންވާ ޙައްޤެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ދާއިރާގައި ކުރިމަތިވި ގޮންޖެހުންތައް ހިއްސާ ކުރައްވަމުން އަލައިކާ ވިދާޅުވީ، މި ދަތުރުގައި މާޔޫސްކަމާއި ބައެއް ފަރާތްތަކުގެ ކެހިވެރިކަން ކުރިމަތިވި ކަމަށެވެ. އަދި އޭނާގެ ނިޔަތާއި މަސައްކަތް އޮޅޭގޮތަށް ތަފާތު ލޭބަލްތައް އެޅުވުނު ނަމަވެސް، އޭނާ ހުރީ ސާބިތުކަމާއެކު އޭނާ ގަބޫލުކުރާ އުޞޫލުތަކުގެ މަތީގައި ކަމަށް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި