Saturday, 24 October 2026
Ads by

މާލޭ ޓެކްސީގެ ޚިދުމަތް ފަށައިފި، އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ހިލޭ ދަތުރުކޮށްލެވޭނެ!

މާލޭ ޓެކްސީގެ ޚިދުމަތް ފަށައިފި، އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ހިލޭ ދަތުރުކޮށްލެވޭނެ!

މާލޭ ޓެކްސީގެ ޚިދުމަތް ފެށުން--- ފޮޓޯ: އެމްޓީސީސީ

މާލެ ސަރަޙައްދަށް ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް އޮޕަރޭޓްކުރާ ”މާލެ ޓެކްސީ“ގެ ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށް ޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ކުރިއަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޖުމުލަ 150 ކާރާއެކު ފެށި ޚިދުމަތުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ. އެގޮތުން މި ޚިދުމަތާއެކު މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބޭ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ޓެކްސީ ލައިންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުޞަދުގައި އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް މި ޚިދުމަތް މުޅިން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މި މުއްދަތުގައި އެފަދަ ޚިޔާލުތައް ދިނުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އެމްޓީސީސީން ބުނީ، މި މުއްދަތުގެ ތެރޭގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރު ބުކްކޮށްލުމުން އެ މީހަކާ އެންމެ ކައިރީގައި އޮންނަ ކާރެއް ހަމަޖައްސާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މި ދަތުރުތަކަށް ނަގާނީ ޓްރާންސްޕޯރޓު މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާފައިވާ އަގު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި