Sunday, 25 October 2026
Ads by

ހާޓްއެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް މާލެއިން ބޭރަށް !

ހާޓްއެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް މާލެއިން ބޭރަށް !

ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް މާލޭގެ ބޭރުން، ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގައި ކާމިިޔާބު ކަމާއެކު ފަށައިފިއެވެ.

Ad Image
Ads by

މިކަން ހާމަކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާޤު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަލީމް ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން 2026 މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.

އައްޑޫސިޓީގައި ފެށިގެންދިޔަ މި ޚިދުމަތުގެ ތަފްސީލް ހިއްސާ ކުރައްވަމުން ހަލީމް ވަނީ އެ ތާރީޚީ ދަތުރުގެ ތެރެއިން، މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް ”ޕްރައިމަރީ ޕީ.ސީ.އައި“ ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ވަނީ ކާމިޔާބުކަމާއެކު ފަށާފައިވާކަމަށް އިޢުލާނު ކުރައްވާފައެވެ. އަދި މީގެ އިތުރުން، ހިތުގެ މައްސަލަތަކަށް ބޭނުންވާ ”އައި.ސީ.ޑީ“ އަދި ”ޕާމަނަންޓް ޕޭސްމޭކަރ“ ހަރުކުރުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވާކަން ހަލީމް ފާހަގަކުރެއްވިއެވެ.

މިގޮތުން ޖުމްލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ފޯރުކޮށްދީފައިވާކަމަށް ހަލީމް ވިދާޅުވިއެވެ.

މި އިންޤިލާބީ ބަދަލު ހަލީމް ސިފަކުރެއްވީ ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަޤީންކަން ދެކުނުގެ ރައްޔިތުންނަށް ލިބިގެންގޮސްފައިވާކަން ހަލީމް ފާހަގަކުރެއްވިއެވެ.

ހަލީމް ވަނީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރައްވައި ތަރައްޤީކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ބަހައްޓަވާ ޚާއްޞަ އިސްކަމާއި ދެއްވާ އެހީތެރިކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި ހަމައެއާއެކު، ހަލީމް ވަނީ ރާއްޖޭގެ ދެކުނުގައި މި ޚިދުމަތް ކާމިޔާބުކަމާއެކު ފަށްޓަވައި، ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ނެޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމުން ކުރެއްވި ބުރަ އަދި ނަމޫނާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި