Wednesday, 9 September 2026
Ads by

ކުލި ކުޑަކޮށްދިނުމުން ވެސް ފަހި ފުލެޓްތަކުގެ ކުލި އިތުރަށް ކުޑަކޮށްދޭން ގޮވަނީ!

ކުލި ކުޑަކޮށްދިނުމުން ވެސް ފަހި ފުލެޓްތަކުގެ ކުލި އިތުރަށް ކުޑަކޮށްދޭން ގޮވަނީ!

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް---

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފުލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ފަހި ޔޫނިއަނުން (ފުލެޓްތަކުގެ ވެރިން) ގޮވަން ފަށައިފިއެވެ.

Ad Image
Ads by

ފަހި ޔޫނިއަނުން ވަނީ ފުލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ކުލި ނެގުން ފަސްކޮށްދިނުމަށް އެދި ބަޔާނެއް ނެރެފައެވެ. އެ ޔޫނިއަނުން ބުނީ، ފަހި ފުލެޓްތަކުގެ ކުއްޔަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވަނީ، ދެ ކޮޓަރީގެ އެޕަރޓްމަންޓެއް ނަމަ 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕަރޓްމަންޓެއް ނަމަ 8،000 ރުފިޔާ (މެއިންޓަނަންސް ފީއާއިއެކު) ކަމަށެވެ.

ނަމަވެސް ސަރުކާރު ފަހި ފުލެޓުގެ ކުއްޔަށް ގެނައި ބަދަލުތަކުގެ ސަބަބުން ދެ ކޮޓަރީގެ އެޕަރޓްމަންޓެއްގެ ކުއްޔަކީ 7،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕަރޓްމަންޓެއްގެ ކުއްޔަކީ 10،000 ރުފިޔާ ކަމަށް ފަހި ޔޫނިއަނުން ވަނީ ބުނެފައެވެ. ކުލީގެ އަގުތައް ބޮޑުކަމަށް ބުނެ ފަހި ޔޫނިއަނުން ވަނީ ފުލެޓްތަކުގެ ކުލި އެންމެ ކުރީގެ ކުއްޔަށް ބަދަލުކޮށްދިނުމަށާއި، ފްލެޓުތަކުގެ ޑައުންޕޭމަންޓު އުނިކޮށްދިނުމަށް ގޮވައި މަގުމަތީގައި އަޑުގަދަ ވެސް ކޮށްފައެވެ.

ފަހި ޔޫނިއަނުން ވަނީ ސަރުކާރަށް އިތުރު ޑިމާންޑްތަކެއް ވެސް ކޮށްފައެވެ. އެގޮތުން:

  • ދުނިޔެ އަށް މިހާރު ކުރިމަތިިވެފައިވާ ދަތި ޙާލަތަށް ރިޢާޔަތްކޮށް، ފުލެޓަށް ބަދަލުވުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ މިހާރު ދީފައިވާ ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރަށް ދަންމައިލުން
  • ފަހި ފުލެޓުތަކުގެ އެއްބަސްވުން ’ގަނެވިއްކުމުގެ‘ އެއްބަސްވުމަކަށް ބަދަލުކޮށްދިނުން

ސޯޝަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއީ އެ މީހެއްގެ އަމިއްލަ މިލްކަކަށް ހިޔާ ފުލެޓުތައް ބަދަލުވެފައިވާ ކަމަށާއި، އަދި ތަންތަނުގެ ކުލި ދެއްކުން ވެސް ކޮވިޑާ ގުޅިގެން އެއް އަހަރުދުވަހަށް ފަސްކޮށްދީފައިވާކަމަށް ފަހި ޔޫނިއަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ހިޔާ ފުލެޓްތަކުގެ ކުލި ކުޑަކުރި ފަދައިން ފަހި ފުލެޓްތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރަށް ގޮވާލާކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.

ފަހި ފުލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ކަނޑާލުމަށް ފަހި ޔޫނިއަނުން ގޮވާލާފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މި ސަރުކާރުން ވަނީ އެ ފުލެޓްތަކުގެ ވެރިންގެ އެދުމުގެ މަތިން މީގެ ކުރިން ވެސް އެ ފުލެޓުގެ ކުލި ކުޑަކޮށްދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި