Sunday, 26 July 2026
Ads by

”ބިންވެރިޔާ“ ޚާއްޞަ ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި

”ބިންވެރިޔާ“ ޚާއްޞަ ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެޗްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އަލަށް ތަޢާރަފުކުރި ”ބިންވެރިޔާ“ ޚާއްޞަ ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ”ބިންވެރިޔާ“ ޚާއްޞަ ސްކީމާ ގުޅޭ އުޞޫލުގެ ދަށުން 1،250 އަކަފޫޓުގެ ގޯތި ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އުޞޫލުގައި މައިގަނޑު ދެ ކެޓަގަރީއެއް ހިމެނެއެވެ. އެ ކެޓަގަރީތަކަކީ:

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
  • ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި އުޞޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހެނދުނު 11:00 އިން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ. މި އުޞޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ނަންބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ އީމެއިލް
hotline@infrastructure.gov.mv އަށް ހުށަހަޅައިގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި