Wednesday, 9 September 2026
Ads by

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

އާރްޓީއެލްގެ ފެރީއެއް---

ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ލ. އަތޮޅުގައި ފަށައިފިއެވެ.

Ad Image
Ads by

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފައްޓަވައިދެއްވީ އެ އަތޮޅު ފޮނަދޫގައި އެކަމަށް ޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު އަފީފް ޙުސައިނާއި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދުގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޖުމުލަ ދެ ރޫޓަކަށް ބަހާލައިގެން ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، މިއަދުން ފެށިގެން މި މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ލ. އަތޮޅުގެ ރަށްތަކަށް އާރްޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނީ އާރްޓީއެލް ފެރީގެ ދަތުރުތަކަށް އަގު ނަގަން ފެށި ނަމަވެސް، ހެޔޮ އަގުގައި ޓިކެޓު ލިބޭނެ ކަމަށެވެ.

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 48 މީހުންގެ ޖާގައިގެ ޒަމާނީ ދެ ލޯންޗެވެ. މި ލޯންޗުތަކުގެ ހަތަރު ޖާގަ ޚާއްޞަކޮށްފައިވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. އެމްޓީސީސީން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އާރްޓީއެލް ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި