Wednesday, 9 September 2026
Ads by

ބީއެމްއެލް އެފޯރޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް ތަރައްޤީކުރަނީ

ބީއެމްއެލް އެފޯރޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް ތަރައްޤީކުރަނީ

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯރޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް މާލޭ ސަރަހައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝަރީފް މި މޭރުމުން ވިދާޅުވީ، ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯރޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 364 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އެފޯރޑަބަލް ހައުސިންގ މަޝްރޫޢުގެ މަޤުޞަދަކީ ދިވެހި ކޮންމެ ރައްޔިތަކީ ވެސް ބޯހިޔާވަހިކަން ލިބިފައިވާ ރައްޔިތެއްކަން ކަށަވަރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަޝްރޫއެއް ކަމަށެވެ.

ބީއެމްއެލް އެފޯރޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭ ސަރަޙައްދުގައި 3،260 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު އިތުރު 540 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ އިތުރު ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ބޭނުންވާ ބިން ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަމަޖައްސައިދީފައިވާކަމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އަމާޒެއްކަމަށެވެ.

”މިގޮތުން އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓް ތަރައްޤީކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ، ޤާބިލު ދިވެހި ކުންފުންޏަކާ ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ޙަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯރޑަބަލް ހޯމް ލީސިންގއިން ޖުމުލަ 3،800 ހައުސިންގ ޔުނިޓް ތަރައްޤީކުރެވިގެންދާނެ. އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައް ވެސް ފެށިގެން ދިޔުން.“ – ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާނީ ޢިމާރަތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި ޙަވާލުކޮށްގެންނެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާ ޙަވާލުކޮށްގެން މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ވަނީ މަޢުލޫމާތު ދީފައެވެ. އެ ކުންފުނިތަކަކީ، ސީއެމްއީސީ، ބީޔޫސީޖީ، އަދި ރާއްޖޭގެ ކުންފުނިތައްކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރަޝީދު ކަރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ، މި ހިނގާ 2026 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާނެ އަހަރެއްކަމަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު