Wednesday, 9 September 2026
Ads by

އީރާނު މައްސަލައިގައި ބައިވެރިން ފަހަތަށް ޖެހުމާއެކު އެމެރިކާ ހާސްކަމެއްގެ ތެރެއަށް !

އީރާނު މައްސަލައިގައި ބައިވެރިން ފަހަތަށް ޖެހުމާއެކު އެމެރިކާ ހާސްކަމެއްގެ ތެރެއަށް !

އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕު އަދި އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނައި

ބައިޑަން-ޓްރަމްޕްގެ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ނެގުނު ކަތިފިޔަވަޅެއްގެ ސަބަބުން، އެމެރިކާ މިވަނީ ޖިއޯޕޮލިޓިކަލް މަޅިއެއްގައި ތާށިވެފައެވެ. އެމެރިކާއިން އުންމީދު ކޮށްގެން އޮތީ، މީގެކުރިން ޢިރާޤާއި ސޫރިޔާގައި ޤާއިމްކުރި އިސްލާމިކް ސްޓޭޓާ ދެކޮޅަށް އެޤައުމާއި އެކު 80 ޤައުމަކުން ބައިނަލްއަޤުވާމީ ކޯލިޝަނެއް ހަދައި އެއްބާރުލުން ދިންގޮތަށް، ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ އެކުވެރީން އީރާނާ ދެކޮޅަށްވެސް އެޤައުމަށް އެއްބާރުލުން ދޭނެކަމަށެވެ. އެހެންނަމަވެސް މިފަހަރު އެމެރިކާއަށް ކުރިމަތިލާން ޖެހިފައިވަނީ ހިތްދަތި ހަޤީޤަތަކާއެވެ. އެއީ އީރާނާއި ދުޝްމިނު ވުމުގައި އެމެރިކާ އެކަހެރިވެ، ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ ބައިވެރިން ވޮޝިންޓަނުގެ ހަރުކަށި ސިޔާސަތާ ދުރަށް ޖެހުމެވެ.

Ad Image
Ads by
ސޫރިޔާ ރަސްމީކޮށް ގުޅުމާއެކު އައިއެސް ބަލިކުރުމަށް ހެދި ކޯލިޝަން ވަނީ 90 ޤައުމަށް ބޮޑުވެފައެވެ. މިފަދަ ކޯލިޝަނެއް އީރާނާ ދެކޮޅަށް ހެދުމަށް އެމެރިކާއިން ވަނީ ނުކުޅެދިފައި. (ފޮޓޯ: ރޫދާ ޢަރަބިއްޔާ)

އެމެރިކާގެ އެތެރޭގެ ސާވޭތަކުން ދައްކާގޮތުގައި، މި ހަނގުރާމައަށް އޮތް ތާޢީދު ވަނީ ތާރީޚީ މިންވަރަކަށް ދަށްވެފައެވެ. އެމެރިކާގެ ޓެކްސް ދައްކާ މީހުންނަށް ތެލުގެ އަގުބޮޑުވުމުގެ ތަކުލީފު އުފުލަން ޖެހިފައިވާއިރު، މެދުއިރުމަތީގެ މި ”ނިމުމެއް ނެތް“ ހަނގުރާމައިގެ މަޤްޞަދާއި މެދު ޢާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. އީރާނުން ދޫނުދީ ހިފަހައްޓަމުންދާ ދިއުމަކީ ގިނަ ބަޔަކު ”ބަދަވުމެއް ނެތް ގޮތްދޫނުކުރުމެއް“ ކަމަށް ބެލި ނަމަވެސް، އަނެއް ބަޔަކު ދެކޭގޮތުގައި އެއީ އިސްތިރާތީޖީ ގޮތުން ދައްކާ ހިތްވަރެކެވެ. މީގެ ސަބަބުން، ބިރުދައްކައިގެން ކަންކަން ހާސިލުނުކުރެވޭނެކަން އެމެރިކާގެ ސަރުކާރަށް މިހާރު ދަނީ ވިސްނެމުންނެވެ. މަންދޫބުން މެދުވެރިކޮށް މިހާރު ދެވޭ ”މެސެޖުތަކުން“ ދޭހަވަނީ، އެޤައުމުގެ ބައިވެރިންނާއި އާންމުންގެ ކެތްތެރިކަން ކޮޅުންލާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ބާރުގެ ގޮތުގައި އޮވެ އަބުރު ސަލާމަތްކުރެވޭނެ ފަދަ ގޮތަކަށް މިކަމުން ބޭރުވާނެ މަގެއް އެމެރިކާއިން ހޯދަން އުޅޭ ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި