Wednesday, 9 September 2026
Ads by

ވޯޓުލުމުގެ ހުރިހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެގޮތަށް: އީސީ

ވޯޓުލުމުގެ ހުރިހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެގޮތަށް: އީސީ

ވޯޓުލުމުގެ ހުރިހާ މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެގޮތަށް ކަމަށާއި، މިކަމާއިމެދު ސުވާލު އުފެދޭގޮތަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

Ad Image
Ads by

އިލެކްޝަންސް ކޮމިޝަނާއި ބެހޭގޮތުން އެކި ފަރާތްތަކުްނ ކުރަމުންދާ ތުހުމަތު ތަކާއި ގުޅިގެން އެ ކޮމިޝަނުން މިވަނީ ޖަވާބު ދެއްވާފައެވެ. އީސިން ވަނީ އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ފަތުރަމުން ގެންދާ ޚާބަރުތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައެވެ.

އެ ކޮމިޝަނުން ބުނީ  ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަޤީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ވޯޓުގެ ސިއްރުކަންގެއްލޭގޮތަށް އެ ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަޤީގަތާ ޚިލާފު ވާހަކަތަކެއްކަމުގައި ވަނީ ބުނެފައެވެ.

މީގެެއިތުރުން އީސީން ބުނީ ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށެވެ. އަދި ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް މިކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމަށާއި، ހަމަޖެހިފައިވާގޮތަށް ކޮންމެ މީހަކަށްވެސް 3 ކަރުދާސް އެމީހަކު ބޭނުންވާގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމުގެ ޔަޤީންކަން އީސީން ވަނީ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން އެ ކޮމިޝަނާއިމެދު ފަތުރަމުންދާ ޙަޤީޤަތާއިޚިލާފު ވާހަކަ ތަކާއި ގުޅިގެންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބަށް އީސީން ނުފޫޒު ފޯރުވާ ކަމަށާއި، ވޯޓު ސިއްރުނުވާނެ ކަމަށެވެ. އެހެން ނަމަވެސް މިހުރިހާ ތުހުމަތުތައް އީސީން މިވަނީ ދޮގު ކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި