Sunday, 26 July 2026
Ads by

ފުލުހުންގެ ޕްރޮމޯޝަން: އުސޫލުގެ ތެރެއިން ކުރިންވެސް އޮތީ ދޭން ނިންމާފައި

ފުލުހުންގެ ޕްރޮމޯޝަން: އުސޫލުގެ ތެރެއިން ކުރިންވެސް އޮތީ ދޭން ނިންމާފައި

ކައުންސިލް އިންތިޚާބާއި ދިމާކޮށް ފުލުހުންގެ މުސާރަ ބޮޑުކުރިކަމަށް ބުނެ ”އަދަދު“ ނޫހުގައި ޝާޢިއުކުރި ޚަބަރާއި ގުޅޭގޮތުން އެކަން ހިނގާދިޔަގޮތް ފުލުހުން ހާމަކޮށްފިއެވެ.

Ad Image
Ads by

އަދަދު ނޫހުން އާންމުކުރި ޚަބަރުގައި ބުނެފައިވަނީ  މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ބޮޑުވެފައިވާ ކަމަށް ބުނެ އެ އިދާރާއިން ސާކިއުލާއެއް ނެރުނީ އިއްޔެ ކަމަށެވެ.

”މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ޔުނީފޯމު ފުލުހުން ބަދަލުކުރުމުގައި އަމަލުކުރަމުންދާނީ، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރު ހަމަވެ، މުވައްޒަފުންގެ ހިދުމަތުގައި ފެންވަރު ވަޒަންކުރުމުގެ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހުގެ ނަތީޖާ އެވެރެޖު 75 އިންސައްތައަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތައް ބަދަލުކުރާ ގޮތަށް،“ އެ ސާކިއުލާގައި ބުނެފައިވެ އެވެ.

މިއީ ކުރިން ގެނެސްފައި އޮތް ބަދަލެއް ނަމަވެސް އެ ބަދަލަށް ޢަމަލުކުރަން ފެށުމުން އަދަދު ނޫހުން ވަނީ އެއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ގެނައި ބަދަލެއް ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. މިކަމާގުޅިގެން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ރައްދު ދެއްވާފައެވެ.

”މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް،“ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ފުލުހުން ބަދަލުވިތާ 2026 މާރިޗު 1 އަށް ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައި ވާ ގޮތުގެ މަތިން، އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ވަނީ ބަދަލުކޮށްފައިކަމަށެވެ. އަދި މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން 2 އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

މި ބަދަލު ގެނެސްފައިވަނީ، ޕޭ ފްރޭމްވޯކްގައި ފާސްކުރެވިފައިވާ ގޮތަށް، އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވަރެޖްކޮށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވާ ފުލުހުންނަށް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

މާޗު 2024، ގައި ފުލުހުންގެ މުސާރަ 35 ޕަސެންޓު ބޮޑުކުރި އެވެ. އެއީ އީ 2009 ގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރެވެ. އޭރު މުސާރަ ބޮޑުކުރިއިރު އާ މުސާރައިގެ އޮނިގަނޑުގައި ހިމެނީ އަސާސީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސާއި ޖޮބް އެލަވަންސާއި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެކެވެ.

ފުލުހުންނަށް މިހާރު ލިބެނީ މަޤާމުގެ އެލަވަންސާއި ސާވިސް އެލަވަންސާއި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިރާ އާއި ކުރާ މަސައްކަތަށް ބިނާކޮށް އަލަށް ތައާރަފުކުރާ ޕޮލިސް އެލަވަންސެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި