Saturday, 24 October 2026
Ads by

ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބޭއްވޭނީ 2 އިންތިޚާބު އެއްދުވަހެއްގައި ބާއްވައިގެން: ރައީސް

ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބޭއްވޭނީ 2 އިންތިޚާބު އެއްދުވަހެއްގައި ބާއްވައިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބޭއްވޭނީ މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ،ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބޭއްވިއްޖެ ކަމަށްވާނަމަ، ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވިގެންދާނެ ފަރާތެއް އެއްވެސް ފަރާތަކަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް ދެ އިންތިޚާބު ދެދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ހަމައަށް ދާއިރު ސަރުކާރު އޮންނަނީ ހޮވިފައި ކަމަށާއި، އެހެންކަމުން މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ހޮވުމުގެ ފުރުޞަތު ބޮޑުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަން އެހެން ހިނގުމުގެ ސަބަބުން ހަމަހަމަކަން ގެއްލި އިދިކޮޅު ޕާޓީތަކަށް އޮންނަ ފުރުޞަތުތައް ހަނިވެގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިނިވަންކަމާއި ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށްވެސް ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޑިމޮކްރަސީއެއްގައި އޮތުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

”އެހެންވީމަ ފްރީ އެންޑް ފެއަރ އިލެކްޝަނަކަށް ގާތްކުރުމަށް ލިބޭ ފުރުޞަތަކީ، އެ ހޮވޭ ސަރުކާރެއް ނޭނޭ ޙާލުގައި ހަމަ އެ ދުވަހު މަޖިލީހަށްވެސް މެންބަރުން ހޮވުން. ދެން އޭގެން އަންނަ އަނެއް ފައިދާއަކީ، މިހާތަނަށް މިދިޔަ ތިން ދައުރުގައި ސުޕަ މެޖޯރިޓީއެއް ނުވަތަ ވަރަށް ބޮޑު މެޖޯރިޓީއެއް މަޖިލީހަށް މި ލިބެނީ ވެރިކަން ކުރާ ޕާޓީއަށް. އެއީ މި ދެންނެވިހެން ސަރުކާރު ކެންޑިޑޭޓު މި ގޮތަށް ވަކާލާތުކޮށް، ސަރުކާރު ނުވަތަ ވެރިކަން ކުރާ ޕާޓީގެ ނިވަލުގައި ކެމްޕޭނުކޮށްގެން މި ވޯޓު ހޯދަނީ. އެހެންވީމަ އެކަމެއްނެތި އިންތިޚާބު ބޭއްވުނީމަ، ވަރަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތަކަށް މަޖިލީހަށް މެންބަރުން ހޮވޭނީ ސުޕަރ މެޖޯރިޓީ ނުވަތަ ވަކި ޕާޓީއެއްގެ މެންބަރުން ގިނަވާ ގޮތަކަށް ނޫނޭ.“ – ރައީސް ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި އޭގެ ތެރޭގައި، ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ ސަރުކާރު ޖަވާބުދާރީ ކުރާ ބާރަކަށް ނަމަވެސް އެ ތަނުގައި ވެރިކަން ކުރާ ޕާޓީގެ މެންބަރުން ގިނަވެއްޖެ ކަމުގައިވާނަމަ، އެ ފުރުޞަތު ވަރަށް ބޮޑުތަނުން ހަނިވެގެންދާ ކަމަށެވެ.

ރަނގަޅު އިޞްލާޙީ ބަދަލުތަކެއް ޤާނޫނަށް ގެނެސް އެ ކަންކަން ތަންފީޒުކުރުމަކީ އެމަނިކުފާނު އެންމެ ބޮޑަށް ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް މުޢިއްޒު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި