ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ އެއަރލައިން، ސަޢުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފިއެވެ.
ސަޢުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ވަނަ ދުވަހުގައެވެ. އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސަޢުދިއާގެ ފްލައިޓް, SV838 ގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ. އަދި އެ އެއަރލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާވެސް ދީފައެވެ.
ސަޢުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރުގައި ދަތުރު ކޮއްފައި ވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސަޢޫދީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ.












