Sunday, 26 July 2026
Ads by

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިމި، ޖުލައި 2028 ގެ ކުރިން ވަދެވޭނެ: ރައީސް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިމި، ޖުލައި 2028 ގެ ކުރިން ވަދެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމި، އެ ތަންތަނަށް 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ސަރުކާރަކުން ފެށި ހައުސިންގ މަޝްރޫއެއް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ޙަވާލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ ކަމަށެވެ.

”އަޅުގަނޑުމެން މިހާރު މި ފަށާ މަޝްރޫޢުތައް މިސާލަކަށް ބީއެމްއެލްގެ ފައިނޭންސްގައި ސޮއިކޮށްގެން މި ފަށާ 3،260 ހައުސިންގ ޔުނިޓް، މި މަޝްރޫޢުތަކަކީ ހަމަ ޔަޤީންކަމާއެކީގައި 2028 ވަނަ އަހަރުގެ އެންމެ ލަސްކޮށް ޖުލައި އާއި ހަމައަށް ފަހަރެއްގައި އެއަށްވުރެ އަވަސްކޮށް ބައެއް މަޝްރޫޢުތައް ވެސް ނިމިދާނެ، އަހަރުގެ މެދަކާއި ހަމައަށް ދާންވާއިރަށް ހުރިހާ ހައުސިންގ ޔުނިޓްތަކަކަށް މީހުންނަށް ވަދެވޭނެ،“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި 3،260 ހައުސިންގ ޔުނިޓްތަކުގެ އިތުރުން ހައުސިންގގެ އިތުރު މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށާއި އެއާއެކު ހައުސިންގ ޔުނިޓްތަކުގެ އަދަދު 4،000 ނުވަތަ އެއަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމުނުހައި އަވަހަކަށް އެކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ބީއެމްއެލް އިން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައި އެ ތަންތަން ޙައްޤުވެރިންނަށް ޙަވާލުކުރާނެ ކަމަށް އެ ބޭންކުން ވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ބީއެމްއެލްގެ ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާނީ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި ޙަވާލުކޮށްގެންނެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިތަކާ ޙަވާލުކޮށްގެން މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ މަޢުލޫމާތު ދީފައެވެ.

އެގޮތުން މި ހައުސިންގ ޔުނިޓްތައް ޢިމާރަތްކުރާ ކުންފުނިތަކަކީ، ސީއެމްއީސީގެ އިތުރުން ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރަޝީދު ކަރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި